އިމިގްރޭޝަންގެ ހިޔާނާތުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން(ފޮޓޯ./ފުލުހުން)
އިމިގްރޭޝަންގެ ކޮރަޕްޝަނަށް އިއުތިރާފްވި އަލްސަނަށް 2 މަހުގެ ހުކުމެއް؛ ތަންފީޒުކުރާނެ އަދަބެއް ނެތް
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ފައިސާ ފޭރިގަނެ، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލާގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ ކުށަށް އިއުތިރާފްވެފައިވާ އިމިގްރޭޝަން އޮފިސަރަށް މިއަދު ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެއީ މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ހިމެނޭ ގޮތަށް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި މައްސަލައެކެވެ.
މި މައްސަލާގައި ދައުވާކުރި 5 މީހުންގެ ތެރެއިން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ ކުށަށް އިއުތިރާފުވީ މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނި އެވެ. އޭނާއާ އެކު ދައުލަތުން ވަނީ އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.
ތަފްސީލް - މިއަދު ކްރިމިނަލް ކޯޓުގައި މައްސަލައިގެ ހުކުމްކުރުމަށް ބޭއްވި އަޑުއެހުމުގައި، ގާޒީ އިބްރާހީމް އިހުސާން އަދަބު ކަނޑައެޅުއްވީ ވެސް އިއުތިރާފު އެއްބަސްވުމުގައިވާ ގޮތަށެވެ. އެ ގޮތުން:
-
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
-
އިއުތިރާފު އެއްބަސްވުމުގައި ވަނީ އޭގެ ތެރެއިން ޖަލު އަދަބުގެ ގޮތުގައި 2 މަހާއި 3 ދުވަސް ކަނޑައެޅުމަށް
-
ހުކުމުގެ ބާކީ ޖޫރިމަނާއަށް ބަދަލުކޮށް، ޖޫރިމަނާގެ ގޮތުގައި 45،000ރ. އެއް އަހަރުގެ ތެރޭގައި ދައްކާ ގޮތަށް
-
މި މައްސަލަގާއި އަލްސަން ބަންދުގައި 2 މަހާއި 3 ދުވަސް ވަނީ ހޭދަކޮށްފައި؛ އެ މުއްދަތު ހުކުމުން އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތް
ކޮމެންޓް (1)
ގުއިއްޒު