ހައި ކޯޓު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލް

ހައި ކޯޓު

ހައި ކޯޓުގެ ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުން ވެސް މިފަހުން އިސްތިއުފާ ދެއްވި ފައިސަލް އެ ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ ސްލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ދަނޑިވަޅެއްގައި

ހައި ކޯޓުގެ ފަނޑިޔާރު ކަމުން މުހައްމަދު ފައިސަލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވިކަން އެ ކޯޓުން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.

ތަފްސީލް - ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުން ވެސް މިފަހުން އިސްތިއުފާ ދެއްވި ފައިސަލް އެ ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ ސްލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. 

ފައިސަލްގެ އިތުރުން، ސަރުކާރުގެ ކޮންޓްރޯލު އޮތް ޖޭއެސްސީން އެ ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އޭގެ ތެރޭގައި، ޖޭއެސްސީގެ ނައިބު ރައީސްކަމުން މިފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ހިމެނެ އެވެ. ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ ފަނޑިޔާރު ނިޔާޒް މިހާރު ވަނީ ރިޓަޔާކުރައްވަން ހުށަހަޅުއްވާފަ އެވެ.

ދެން ސުލޫކީ މައްސަލަ ބަލަމުންދާ ފަނޑިޔާރުންނަކީ:

  • ފާތިމަތު ފަރްހީޒާ 

  • ހުސައިން މަޒީދު 

  • ދީބާނާޒު ފަހުމީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް