ފަނޑިޔާރު މުހައްމަދު ނިޔާޒް(ފޮޓޯ/ޖޭއެސްސީ)

ހައި ކޯޓުގެ ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ނިންމައިިފި

މިދިޔަ ހޯމަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމަށް، ފަނޑިޔާރު ނިޔާޒުގެ ރިޓަޔާމަންޓް ކޮމިޝަނުން ގަބޫލުކުރުމާ މެދު ގޮތެއް ނިންމުމަށް ތާވަލުކުރި
20 ނޮވެމްބަރު 2025
1

ހައި ކޯޓުގައި މި ވަގުތު އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވުމުން ރިޓަޔަމަންޓް ބަލައިގަންނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިދިޔަ ހޯމަ ދުވަހު ނިންމައިފި އެވެ.

ވީކިހިނެއް؟ - މިދިޔަ ހޯމަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމަށް، ފަނޑިޔާރު ނިޔާޒުގެ ރިޓަޔާމަންޓް ކޮމިޝަނުން ގަބޫލުކުރުމާ މެދު ގޮތެއް ނިންމުމަށް ތާވަލުކުރި އެވެ. އެނގިފައިވާ ގޮތުގައި، ރިޓަޔާމަންޓް ގަބޫލުކުރަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ތަފްސީލް - ރިޓަޔާކުރައްވަން ނިޔާޒު ހުށަހެޅުއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އަޑު އިވޭ ގޮތުގައި ރިޓަޔާކުރައްވަން ހުށަހެޅުއްވީ އޭނާގެ ސިއްހީ ހާލަތު ހުންނެވި ގޮތުންނެވެ.

ފާހަގަކޮށްލެވޭ - ފަނޑިޔާރުކަމުން ރިޓަޔާވުމަށް ނިޔާޒު ހުށަހެޅުއްވީ އޭނާގެ ސުލޫކީ މައްސަލަތަކެއް ބެލުމުގެ މަސައްކަތް ވެސް ޖޭއެސްސީގައި ހިނގަމުން ދަނިކޮށެވެ.

އޭގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސްކަމުގައި ހުންނަވަނިކޮށް މިދިޔަ 21 އޮގަސްޓްގައި އޭނާ ވަނީ ކޮމިޝަނުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

އޭނާގެ ބަދަލުގައި ޖޭއެސްސީގެ ނައިބުރައީސްގެ މަގާމަށް އިންތިހާބުުރީ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދެވެ.

ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ދެ ފަނޑިޔާރަކު ވަކިކުރި މައްސަލާގައި ނިޔާޒު ވޯޓު ދެއްވަނީ ވެސް ފަނޑިޔާރުންނާ އެއްކޮޅަށެވެ.

އަދި ފަނޑިޔާރުން ސަސްޕެންޑްކުރަނީ، ކޮމިޝަނަށް ޔަޒްމީދު އައްޔަންކުރާ ފަހުންނެވެ. އޭގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ތަމްސީލްކުރައްވާ މެންބަރަކަށް ހުންނެވީ ވަކީލު މުހައްމަދު ސަމީރެވެ.

ކޮމެންޓް (1)

ޱރ ބޮޱުމަޖިލިސް

21 ނޮވެމްބަރު 2025
ރ މަޖިލީހައް ގޮވާލަން ރިޓެއަރ ކުރާއެއްވެސް މީހަކަށް އެހެން ވަޒީފާއެއް އަދާކުރާނަމަ ރިޓެއަރމަންޓް އެލަވަންސް ނުލިބޭގޮތައް ޤާނުނުތައް އެބަޖެހޭ ބަދަލުވާން. މިހާރުމިވާގޮތަކީ ރިޓެއަރ އެލަވަންސް ނަގައިގެން އަނެއްކާ ހަންބަދަލުކޮށްގެން އެހެންވަޒީފާއަކަށް މިދަނީ ޱްބަލް މުސާރަ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް