ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރެއްވުމުގެ ރަސްމިޔާތުގައި މަގާމާ ހަވާލުވެވަޑައިގެން ސޮއިކުރައްވަނީ(ފޮޓޯ/ހައި ކޯޓު)

ހައި ކޯޓުގެ ހިންގުން ފަނޑިޔާރު ޖަމީލް އާ ހަވާލުކޮށްފި

ޖަމީލް ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަނު ކުރީ މިދިޔަ 3 އޮގަސްޓުގައި

ހައިކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާ ހަވާލު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީ އިން ބުނީ، ހައިކޯޓު ހިންގުން ފަނޑިޔާރު އަބްދުﷲ ޖަމީލް އާ ހަވާލުކުރަން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ކަމަށެވެ.

ތަފްސީލް - ހައިކޯޓުގެ ހިންގުން ފަނޑިޔާރު ޖަމީލް އާ ހަވާލު ކުރީ އެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމުންނެވެ. ފައިސަލް އިސްތިއުފާ ދެއްވިއިރު ހައި ކޯޓުގެ އިސްފަނޑިޔާރު ކަމަށް އޭނާ އައްޔަނު ކުރަން ނިންމާފައި އޮތްނަމަވެސް، މަގާމަށް އައްޔަން ނުކޮށް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ހައިކޯޓުގެ ހިންގުން ހަވާލުކުރި އަބްދުﷲ ޖަމީލް، އެ ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރީ މިދިޔަ 3 އޮގަސްޓުގަ އެވެ.

ޖަމީލަކީ:

  • ފަނޑިޔާރު ކަމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް

  • 23 ސެޕްޓެމްބަރު 2003 އިން 31 ޖެނުއަރީ 2009އަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރެއްވި

  • 1 ފެބްރުއަރީ 2009 އިން 21 ފެބްރުއަރީ 2019އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި


އިތުރު އާޓިކަލް

އިތުރު އާޓިކަލް