ޖޭއެސްސީން މައްސަލަ ބަލަމުންދާ ހައި ކޯޓުގެ ފަނޑިޔާރުގެ ލިސްޓަށް އިތުރުވި ދެ ފަނޑިޔާރުން ފައިސަލް އާއި ފަރްހީޒާ

ހައި ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ވެސް ޖޭއެސްސީން ބަލަން ފަށައިފި

ޖުމްލަ 11 ފަނޑިޔާރުން ތިބޭ ހައި ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ މީގެ ކުރިން އޮތީ ބަލަން ފަށާފައި. އެހެންވެ މިހާރު ޖޭއެސްސީގެ ލިސްޓްގައި އެ ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނޭ

އިތުރު ދެ ފަނޑިޔާރުންނާ އެކު ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން ގެންދާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟- ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޖޭއެސްސީން މީގެ ކުރިން އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ދިޔައީ ބަލަމުންނެވެ. 

އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި އަލަށް ބަލަން ފެށީ، ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުން މި ފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ މައްސަލަ އެވެ.

ތަފްސީލު - އެ ދެ ފަނޑިޔާރުންގެ މައްސަލަ މިހާރު ބަލަން ފެށިކަން ޖޭއެސްސީގެ އޮފިޝަލަކު ވެސް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް މައްސަލައާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 2018ގައި ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރި ފައިސަލް، އެ ކޯޓުގެ އިސް ފަނޑިޔާރުކަމަށް ހަމަޖެއްސީ މިދިޔަ އެޕްރީލް މަހު އެވެ. އިސް ފަނޑިޔާރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވުމާ އެކު ޖޭއެސްސީން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލްއާ އެ މަގާމު ހަވާލުކުރަބް އިއްޔެ ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން ޖޭއެސްސީން މައްސަލަ ބަލަމުން ގެންދާ ހައި ކޯޓުގެ ތިން ފަނޑިޔާރުންނަކީ:

  • ފަނޑިޔާރު މުހައްމަދު ނިޔާޒު

  • ފަނޑިޔާރު ހުސައިން މަޒީދު

  • ފަނޑިޔާރު ދީބަނާޒު ފަހުމީ

  • ފަނޑިޔާރު ނިޔާޒު
  • ފަނޑިޔާރު ހުސައިން މަޒީދު
  • ފަނޑިޔާރު ދީބަނާޒް ފަހުމީ

އެނގިފައިވާ ގޮތުގައި އެ ތިން ފަނޑިޔާރުންގެ މައްސަލަ ވެސް އަދި އޮތީ ނުނިމެ އެވެ.

އެ ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ނިޔާޒު ވަނީ ރިޓަޔާކުރައްވަން މިދިޔަ އާދިއްތަދުވަހު ޖޭއެސްސީއަށް ހުށަހަޅުއްވައިފަ އެވެ. ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާ ނިޔާޒު ވަނީ، މި ފަހުން އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާއަކީ، ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ދުވަސް ވީ ފަނޑިޔާރެވެ.

ކޮމެންޓް (1)

ތެފައާސާ.

21 ނޮވެމްބަރު 2025
ބޮޑު ދިދަ ދަށުގައި ހުންނަވައި އަޑަށް ބާރު ލައްވައި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް ނިމުނީއޭ ވިދާޅުވީމާ ހާދަ އުންމީދެއް ކުރީމޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް