ކުރީގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކުރީގެ އޭޖީ ރިފްއަތު ވެސް އޭސީސީ އަށް ހާޒިރު ކުރަނީ

އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް މިއަދު ވަނީ އޭސީސީ އަށް ހާޒިރު ކޮށްފައި

އެމްޑީޕީ ސަރުކާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

ވީ ކިހިނެއް؟ - ރިފްއަތު އޭސީސީ އަށް ހާޒިރު ވާން އަންގާފައިވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު 'އެކްސް' ގައި ވިދާޅުވި ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ.

ތަފްސީލް - ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީގެ ތަހުގީގަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.

"މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް. ސިޔާސީ ނުފޫޒުގަ ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރަން،" ސޯލިހު ވިދާޅުވި އެވެ.

ގުޅުން ހުރި - ސޯލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް މިއަދު ވަނީ އޭސީސީ އަށް ހާޒިރު ކޮށްފަ އެވެ. މީގެ އިތުރުން ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިއްޔެ އޭސީސީ އަށް ހާޒިރުކުރި އެވެ.

  • ފައްޔާޒު ހާޒިރުކުރީ، ސްވިފްޓް އިންޖިނިއަރިންއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް އެ ކުންފުންޏަށް ދިންކަމަށް ތުހުމަތުކުރާ މައްސަލައެއްގައި

  • އެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވެސް  އޭސީސީ އަށް ހާޒިރު ވާން ވަނީ އަންގާފައި

  • ސޯލިހު ކުރިން ވިދާޅުވީ އެ މަނިކުފާނުގެ ކެބިނެޓުގެ ތިން މިނިސްޓަރަކު ހާޒިރުކުރަނީ ރާއްޖޭގެ މުއައްސަސާތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަނޑުވާލާފައިވާ ދުވަސްވަރެއްގައި ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް