ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު (މ)، ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު (ވ)، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ: މި ތިން މިނިސްޓަރުން އޭސީސީއަށް ހާޒިރުވާން އަންގާފައިވޭ.

ކުރީގެ 3 ވަޒީރަކު އޭސީސީއަށް ގެންދަނީ ސިޔާސީ ރޭވުމެއްގައި: ސޯލިހް

އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް، ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު
10 އޮކްޓޯބަރު 2025
2

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓްގެ ތިން މިނިސްޓަރަކު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އެންގީ ސިޔާސީ ރޭވުމެއްގެ ތެެރެއިން ކަމަށް ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން، އޭސީސީއަށް ހާޒިރުވާން އެންގި ކުރީގެ ސަރުކާރުގެ މިނިސްޓަރުންނަކީ:

  • 1-

    އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް

  • 2-

    ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

  • 3-

    ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

ބުނީ ކީކޭ؟ - ސޯލިހު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެ މަނިކުފާނުގެ ކެބިނެޓުގެ ތިން މިނިސްޓަރަކު ހާޒިރުކުރަނީ ރާއްޖޭގެ މުއައްސަސާތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަނޑުވާލާފައިވާ ދުވަސްވަރެއްގައި ކަމަށެވެ.

އެއީ އިންސާފުން އެއްކިބާވެގެން ހިންގާ ތަހުގީގުތަކެއް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. އަދި އިންސާފުން އެއްކިބާވެ ކުރާ އެ ކަންކަމަކީ އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މާޒީގައި މި ކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އިންސާފުން އެއްކިބާވެފައިވާ ތަހުގީގުތަކާއި ސިޔާސީ ހުކުމްތަކުން މުޅި ގައުމު ކިލަނބުވާނެ. މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރަން،" ސޯލިހް ލިއުއްވާފައިވެ އެވެ.

އެނގުން މުހިންމު - ފައްޔާޒު އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހަށެވެ. އަމީރު އެ ތަނަށް ހާޒިރުކުރަނީ އަންނަ އާދީއްތަ ދުވަހު އެވެ. އައިޝަތު އަލީއަށް ޗިޓު ފޮނުވީ ކޮން ދުވަހަކަށް ހާޒިރުވާ ގޮތަަކަށް ކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް (2)

ސިޔާސަ

11 އޮކްޓޯބަރު 2025
ސިޔާސީ މީހުނެއްނު. ދެން ކޮން ސިޔާސައެއްތިވަނީ. ބޮޑާނަހާކާ ދާންވީއެއްނު. ކަމެއްކުރިހެން ހާދަހާ ހީވެޔޭ
0 0

ދުރުމި

10 އޮކްޓޯބަރު 2025
މޑޕ ގެ ވެރިކަމުގައި އެމީހުން ލައްވައި ގޯސް ހެދުވީ ހަމަ ރޭވުމަކުން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް