އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް. (ފޮޓޯ/އެމްޑީޕީ)

ކޮރަޕްޝަންގެ ތުހުމަތުގައި ފައްޔާޒު އޭސީސީއަށް ހާޒިރު ކުރަނީ

ފައްޔާޒަށް ތުހުމަތުކުރަނީ އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިންއަށް ގެއްލުމުގެ ބަދަލު ދިނުމުގައި ނަމުގައި ފައިސާ ދީފައިވާ މައްސަލައެއް
9 އޮކްޓޯބަރު 2025
2

އެމްޑީޕީގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަދި އެ ޕާޓީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ކޮރަޕްޝަންގެ ތުހުމަތު ކުރާ މައްސަލައެއްގައި އޭސީސީއަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - އޭސީސީއިން މިއަދު ނެރުނު އެ އަމުރުގައި ފައްޔާޒު އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30އަށެވެ.

ތަފްސީލު - އެ އަމުރުގައިވާ ގޮތުގައި ފައްޔާޒަށް ތުހުމަތު ކުރަނީ ސްވިފްޓް އިންޖިނިއަރިންއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް އެ ކުންފުންޏަށް ދިން މައްސަލައެއްގަ އެވެ. އޭސީސީއިން ތުހުމަތު ކުރަނީ:

  • މިދިޔަ ސަރުކާރުގެ ތެރޭ 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒު އިސްމާއިލް ބައިވެރިވެފައިވާތީ 

  • އޭނާ ބައިވެރިވެވަފައިވަނީ އެ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިންއަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް އޭސީސީން ތުހުމަތުކުރޭ 

އޭގެ އިތުރުން ފައްޔާޒުގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާތީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީއިން އޭނާގެ މައްޗަށް ތުހުމަތުކުރެ އެވެ.

ސްވިފްޓް އިންޖިނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެކެވެ. 

ބުނީ ކީކޭ؟ - އޭސީސީގެ ޗިޓް 'އެކްސް'ގައި ހިއްސާކުރައްވަމުން ފައްޔާޒު ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިނުވާނެ ކަމަށެވެ. އަދި އިންސާފުވެރި ތަހުގީގެއް އޭސީސީއިން ކުރާނެ އަދި ކުރެވޭނެ ކަމަކަށް ވެސް އޭނާ ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. 

"ފާއިތުވި ދެ އަހަރަކީ [ރައީސް] މުއިއްޒު ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު. ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން [ރައީސް] މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ،" އެ ޕޯސްޓުގައި ފައްޔާޒު ވިދާޅުވި އެވެ.

"މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް އަދި އަޅުގަނޑުމެން އެންމެން ޖަލަށްލީ ނަމަވެސް ޑިމޮކްރަޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީ ހައްގުތައް އަނެއްކާ ވެސް ކަށަވަރުކޮށްދޭން ކުރާންޖެހޭ މަސައްކަތް ކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ."

މިފަދަ އަމަލުތަކުގެ ސަބަބުން، ފައްޔާޒު ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސް، މިނިވަން މުއައްސަސާތައް ހަގީގަތުގައި ވެސް މިނިވަން ކުރަން ޖެހިފައިވާކަން ސާފުވާ ކަމަށެވެ.

ކޮމެންޓް (2)

ގަނީން ހަނިމް

9 އޮކްޓޯބަރު 2025
ގާސިމްއަށް ކައްދޫ އެއަރޕޯޓްގެ ބަދަލުގަ 270 މިލިއަން ރުފިޔާ މިސަރުކާރުން ދިނީ ރަނގަޅަށްތޯ ބަލާނެކަމެއް ނެތް. އެކަމުގައި އެއްވެސް މައްސަލައެއް ނެތް. ކުރީ ސަރުކަރު މީހުންގެ މައްސަލަ މުޅިން ހުރީ. ސިފްކޯ ވައްކަން އެޗްޑީސީ އެމއެމް ޓީވީ ވައްކަން ބަލާނެކަމެއް ނެތް.
0 0

ކަރީމް ޚާން

9 އޮކްޓޯބަރު 2025
އޭސީސީއަކީ މިހާރު ޕީއެންސީގެ ހަރުގޭގެ ގޮތްޕެއްތަ؟ މުއައްސަސާތައް ބާރުދަށަށްލީ މިހެންވެ. ވައްޓާލުން ލަސްވެއްޖެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް