އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭގެ މުޒާހަރާގައި ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އެމްޑީޕީން ގެނައި އިސްލާހީ ބަދަލުތައް ފުނޑުފުޑުކޮށްލާއިރު ބަލަހައްޓައިގެނެއް ނުތިބޭނަން: ޝާހިދު
އެމްޑީޕީއަކީ ސިޔާސީ ހަރަކާތުގެ ތެރެއިން އިސްލާހީ ބަދަލު ރާއްޖެއަށް ގެނައި ޕާޓީ ކަމަށާއި އެ ބަދަލުތައް ފުޑުފުޑުކޮށްލާއިރު ބަަލަހައްޓައިގެން ނުތިބޭނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވި ޝާހިދު މިހެން ވިދާޅުވީ، އާޓިފިޝަލް ބީޗުގައި އެމްޑީޕީން މިހާރު ބާއްވަމުންދާ މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލް - ޝާހިދު ވިދާޅުވީ އެ މުޒާހަރާގައި ބައިވެރިވަމުންދާ އެންމެން ވެސް ދައްކުވައިދެނީ، ރައްޔިތުންގެ ފަރާތުގައި ބާރު އޮތްކަން ކަމަށެވެ.
ޝާހިދު ވިދާޅުވިގޮތުގައި:
-
އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތައާރަފުކުރި ޕާޓީ
-
އެމްޑީޕީއަކީ ބުނަންޖެހޭ އެއްޗެއް ބުނެ އަޑު އުފުލަން ކެރޭނެ ޕާޓީ
-
އެމްޑީޕީއަކީ ރާއްޖެއަށް ހެޔޮ ގޮތް ގެނައުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް މިހާތަނަށް ވެސް ވި އަދި ވަމުންދާނެ ޕާޓީ
"އެމްޑީޕީއަކީ ސުލުހަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތައާރަފުކުރި ޕާޓީ. އަޅުގަނޑުމެންނަކީ ސިޔާސީ ހަރަކާތް މެދުވެރިކޮށް އިސްލާހީ ބަަދަލު މި ރާއްޖެއަށް ގެނައި ޕާޓީ. އަޅުގަނޑުމެންނަކީ ގެނައި އިސްލާހީ ބަދަލުތައް އޮޔާލާ ފުނޑުފުނޑުކޮށްލާއިރު ބަލަހައްޓައިގެން ތިބޭނެ ބައެެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.
ވަރަށް ކުރުކޮށް ދެއްކެވި ވާހަކަ ނިންމާލައްވަމުން ޝާހިދު ވިދާޅުވީ، އެ މުޒާހަރާއަށް އެއްވި އެންމެން ވެސް ބުނަނީ، މިހާރުގެ ސަރުކާރުން "ގައުމު ލޫޓުވާލާފިއޭ" ކަމަށެވެ.
ކޮމެންޓް (1)
ސާހިދު މަގުމަތި