އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވާން ބައެއް ރަށްރަށުން މިއަދު އައި މީހުން މާލެއަށް ފައިބަނީ (ފޮޓޯ/އެމްޑީޕީ)
މިރޭގެ މުޒާހަރާއަށް 800 އަށް ވުރެ ގިނަ މީހުން މާލެ އައިސްފި، އަދިވެސް އަންނަނީ: އެމްޑީޕީ
އެމްޑީޕީން މިރޭ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގައި ބައިވެރިވުމަށް އެކި ރަށްރަށުން 800 އަށް ވުރެ ގިނަ މީހުން މާލެ އައިސްފައިވާ ކަމަށާއި އަދިވެސް އިތުރު މީހުން އަންނަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ލޫޓޫވައިފި، ލޫޓުވައިފި' ނަމުގައި ސަރުކާރާ ދެކޮޅަށް އެމްޑީޕީން އިސްނަގައިގެން މިރޭ 8:30ގައި މުޒާހަރާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. މި މުޒާހަރާ ފަށާ ގޮތަށް އޮތީ އާޓިފިޝަލް ބީޗުންނެވެ.
ތަފްސީލް - މި މުޒާހަރާއަށް ގިނަ ތައްޔާރީތަކެއް އެމްޑީޕީން ވަމުން އަންނައިރު، މުޒާހަރާގައި ބައިވެރިވާން ބައެއް ރަށްރަށުން މީހުން ދަނީ މާލެއަށް އަންނަމުންނެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު 'ދައުރު' އަށް ވިދާޅުވީ، މި މުޒާހަރާގައި ބައިވެރިވުމަށް މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން މާލެ އައިސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ:
-
މި މުޒާހަރާއަށް އެކި ރަށްރަށުން ޕާޓީ މެދުވެރިކޮށް މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން އަތުވެއްޖެ
-
އަދި ދާދި ދެންމެއަކު އިތުރު ބަޔަކާ އެކު ލޯންޗެއް އައިސްފައިވޭ
-
އޭގެ އިތުރުން އަމިއްލަ ގޮތުން މުޒާހަރާގައި ބައިވެރިވާން އައި މީހުން ވެސް ހިމެނޭ؛ އެ މީހުންގެ އަދަދެއް ނޭނގޭ
ފާހަގަކޮށްލެވޭ ކަމެއް - މި މުޒާހަރާއަކީ ގައުމުގެ ސުލްހަމަސަލަސްކަން ނަގާލަން ބާއްވާ ހަރަކާތެއް ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންނާއި ފުލުހުން ދަނީ ބުނަމުންނެވެ. އެކަމަކު، އެމްޑީޕީން ބުނާގޮތުގައި މިއީ ސަރުކާރު ޖަވާބުދާރީކުރުމަށް ބާއްވާ ސުލްހަވެރި މުޒާހަރާއެކެވެ.
މުޒާހަރާގައި އަދާލަތު ޕާޓީން ވެސް ބައިވެރިވާން ވަނީ ނިންމާފަ އެވެ.
ކޮމެންޓް (2)
ޢެދުރު
ދުރުމި