ޓެރެފިކް ފުލުހުންތަކެއް މަގުމަތި ބެލެހެއްޓުމަށްޓަކައި ހަރަކާތްތެރިވަނީ (ދައުރު ފައިލް ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ފުލުހުން

ފުލުހުންގެ 'އޮޕަރޭޝަނަކަށް' މާލޭގެ އެކި ސަރަހައްދުތައް މިރޭ ބަންދުކުރަނީ

މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުވާނެ ކަމަށް ފުލުހުން ބުންޏަސް ބަންދުވާ ސަރަހައްދުތަކާއި ގަޑިތަކުގެ ތަފްސީލެއް ނުދޭ

ފުލުހުންގެ "އޮޕަރޭޝަނަކަށް" މާލޭގެ އެކި ސަރަހައްދުތައް މިރޭ ބަންދުކުރަން ނިންމައިފި އެވެ.

ތަފްސީލް - ފުލުހުން މިއަދު ހަވީރު 4:30 އެހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި:

  • ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރާނެ

  • މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް ފުލުހުން އެދޭ 

  • މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ ދަތިތަކަށް ފުލުހުން މާފަށް އެދޭ

ފުލުހުންގެ އޮޕަރޭޝަނަކަށް އާއްމު ސަރަހައްދުތަކެއް ބަންދުވާނެ ކަމަށް ކުއްލިއަކަށް ބުނި ނަމަވެސް، ބަންދުވާނީ ކޮން ސަރަހައްދުތަކެއް ކަމެއް އަދި ބަންދުވާނެ ގަޑިތަކެއް ވެސް ނުބުނެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވާއިރު، އެމްޑީޕީން އިސްނަގައިގެން މިރޭ މުޒާހަރާއެއް ބާއްވަން އޮތީ ހަމަޖެހިފަ އެވެ.

ފުލުހުން މީގެ ކުރިން ވަނީ، ހުއްދަ ދީފައިވާ މަގުތަކުގެ ބޭރުން މުޒަހަރާ ކުރިއަށްގެންގޮސް، އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕުތައް މަގުމައްޗަށް ނެރެ ރަށުތެރެ ހަލަބޮލި ކުރަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށް ބުނެފަ އެވެ.

ނަމަވެސް މި ވާހަކަ ދޮގުކޮށް އެމްޑީޕީން ބުނެފައިވަނީ، ބާއްވަން އުޅެނީ ސުލުހަވެރި މުޒާހަރާއެއް ކަމަށެވެ. އަދި އެ ހަރަކާތް ހަލަބޮލިކޮށް ހަމަނުޖެހުން ހިންގުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން "ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން" ނެރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކޮށްފައިވެ އެވެ.

ކޮމެންޓް (1)

ލިމާން

3 އޮކްޓޯބަރު 2025
އެކަމަކުވާ. އިންޑިޔާ އައުޓްކޮށްލަން މޯދީގެ ކާޓޫނު ހަދައިގެން ހިންގިއިރުވެސް ކަލޭމެން ތިވަރެއް ނުކުރޭ. ބިރުނުގަނެބަލަ. ރައްޔިތުންނޭމީ. ލޫޓުވާ މީހުން އޮރިޔާން ކުރާކަށް ނޫޅެޔޭ މީހަކު
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް