ރައީސް ބ. ދޮންފަނު ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ހަނިފަރު ހަލާކުވާ ދޮންފަނު ބިން ހިއްކުން ކުރިއަށް ނުގެންދަން ރައީސް ނިންމަވައިފި

ރައީސް ވިދާޅުވީ މަޝްރޫއު އިއުލާނު ކުރެއްވީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް؛ ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދަން ރައްޔިތުން މިހާރު ބޭނުން ނުވާކަން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވި

ބ. ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމަވާ އެކަން ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިއުލާނު ކުރެއްވީ ބ. އަތޮޅަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ދޮންފަނު ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ތަފްސީލް - އެ މަޝްރޫއުގެ ސަބަބުން ބަޔޮސްފިއާ ރިޒާވްގެ ދިރުންތަކަށް ގެއްލުން ލިބި ރާއްޖޭގެ ޓޫރިޒަމަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބުނެ އާންމުންނާއި ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްކުރާ ޖަމްއިއްޔާތަކުން އަންނަނީ މަޝްރޫއު ހުއްޓާލުމަށް ގޮޮވާލަމުންނެވެ.

ރައީސް މިއަދު ؛އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ ރަށްރަށުގައި ކުރިއަށް ގެންދާނެ މަސައްކަތްތަކާ ބހޭ ވައުދުތައް ވެ ވަޑައިގަންނަވަނީ ރައްޔިތުން އެކަންތަކަށް އެ މަނިކުފާނު އަރިހުން އެދުމުން ކަމަށެވެ.

"ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން ވައުދުވެ ވަޑައިގެންނެވި ކަމަށާއި އެ ވައުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކޮށްފައިވާ ކަމަށެވެ.

"ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން ރަސްމީކޮށް ދޮންފަނު ކައުންސިލަށް މިއަދު ސިޓީއަކުން ކަމާބެހޭ މިނިސްޓްރީ އިން އަންގާނެ ކަމަށެވެ.

ކޮމެންޓް (5)

ތެފައާސާ.

9 ސެޕްޓެމްބަރު 2025
ރައީސްގެ އިސްނެންގެވުމާއި މަޝްވަރާއާއި އިރުޝާދުގެ ދަށުން ބިން ހިއްކަން ނިންމައިފި. ޝުކުރިއްޔާ ރައީސް. ރައީސްގެ އިސްނެންގެވުމާއި މަޝްވަރާއާއި އިރުޝާދުގެ ދަށުން ބިން ނުހިއްކަން ނިންމައިފި. ޝުކުރިއްޔާ ރައީސް.
1 0

ދޮނެއި

9 ސެޕްޓެމްބަރު 2025
ރައީސް، ރައީސަށް އެގިވަޑައިގަންނަވާނެ ރަށްރަށުގެ ރައްޔިތުން ކަންކަމަށް އެދެނީ އެމީހެއްގެ އަމިއްލަ ފައިދާއަށް، އެރަށެއްގެ އަމިއްލަ ބޭނުމަށް ބޭނުންވާ ކަންކަމަށް، އެމީހުން ވިސްނާނީ އެމީހުންގެ މަޞްލަޙަތަށް، ރައީސްގެ ޒިންމާއަކީ ކަމާބެހޭ އިދާރާ އާއި ވާހަކަ ދައްކައިގެން މުޅި ދިވެހި ރާއްޖޭގެ ވިސްނުމުން ވިސްނައިގެން ކަންކަން ނިންމަން، ރަށު ރައްޔިތުން ބޭނުންވާހާ ކަމެއް ކޮށްދޭކަށް ނުޖެހޭ، އެމީހުން އެދެނީ ގޯތި ކަމަށް ވަންޏާ ބިން އޮތްތަނަކުން ބިންދިނީމަ ނިމުނީ، ބޯހިޔާވަހިކަމުގެ ސޮލިއުޝަނެއް ހޯދައިދިނީމަ ނިމުނީ، ބިން ހިއްކާކަށް ނުޖެހޭ
1 0

ދޮންޗައުދަރީ

9 ސެޕްޓެމްބަރު 2025
ތިމާވެއްޓަށް ގެއްލުންވާނެތީ ހުއްޓާލީއަކީ ނޫން. ރައްޔިތުން ކޮންމެކަމެއް ބުންޏަސް ކުރާނަމޯ…
0 0

އެނީ

9 ސެޕްޓެމްބަރު 2025
ބާރަށް އަތްޖަހާ ، މިއީ ރައީސްގެ ހެޔޮފުޅުކަން
0 0

މޭޔަރު މުއިއްޒު

9 ސެޕްޓެމްބަރު 2025
ރައްޔިތުން ބޭނުންވާ ކަމެއް ކުރަންޔާ ނިކަން އިސްތިއުފާދީބަލަ. ރައްޔިތުންގެ ފަރާތުން މިއެދެނީ ދެއުޅިއެއްނުވާހެން ރައީސް މަސައްކަތް ކުރައްވާތީ އިސްތިއުފާދޭން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް