މީޑިއާ ފެންޑާ ކައިރީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (ވ) އާއި އެ އޮފީހުގެ ކޮމިއުނޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު (ކ) ނޫސްވެރިން ކައިރިއަށް ވަޑައިގެން ވާހަކަ ދައްކަވަނީ - (ފޮޓޯ/ ރައީސް އޮފީސް)
މީޑިއާ ކޮމިޝަނުގައި ރައީސް އައްޔަންކުރާ މެންބަރަކު އިންނަން އެ މަނިކުފާނު ބޭނުންފުޅެއް ނުވޭ: ހަލީލު
މީޑިއާތައް ރެގިއުލޭޓްކުރުމުގެ ނަމުގައި އާ ކޮމިޝަނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވެގެން އަންނަ އިރު ރައީސް އައްޔަންކުރައްވާ މެންބަރަކު އެ ކޮމިޝަނުގައި އިންނަވަން ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިިހިނެއް؟ - ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިންގެ އިތުރުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާ ފަރާތްތަކަަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް އޮތް ބިލު ބޭރުކުރަން ނޫސްވެރިންނާއި ރާއްޖެއާ ބޭރުގެ ޖަމިއްޔާތަކުން ގޮވާލަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހަށް ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އެ ކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، ރައީސް އޮފީހުގެ ކުރިމަތީގައި ނޫސްވެރިންނަށް ތިބެވޭ ގޮތަށް ހަދާފައި ހުންނަ 'މީޑިއާ ފެންޑާ'ގައި ނޫސްވެރިން ތިއްބައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ހަލީލު އާއި އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވަޑައިގަތުމުން، ނޫސްވެރިން ދެ ބޭފުޅުން ވަށައިލާ ސުވާލުތައް އަމާޒުކުރި އެވެ.
ބުނީ ކީކޭ؟ - ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ސީދާ ޖަވާބުތަކެއް ނުދެއްވުމުން، ނޫސްވެރިން އިތުރަށް ސުވާލުކުރަމުން ދިއުމުން ހަލީލު ވިދާޅުވީ ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ގާނޫނެއް އޮންނަން ރައީސް ބޭނުންފުޅުނުވާތީ ބިލުގައި ހިމެނޭ ކޮމިޝަނުގެ އެކުލެވުމަށް ބަދަލުތައް ގެންނަން މަޖިލީހުގެ މެންބަރުންނަށް ލަފާ ދެއްވާފައިވާ ކަމަށެވެ.
އެ ކޮމިޝަނުގައި ރައީސް އައްޔަންކުރައްވާ ގޮތަށް އެއްވެސް މެންބަރަކު އިންނަވަން އެ މަނިކުފާނު ބޭނުންފުޅު ނުވާތީ އެ ގޮތަށް ވެސް، ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނަށް ލަފާ ދެއްވާފައިވާ ކަމަށް ހަލީލު ވިދާޅުވި އެވެ.
"މެންބަރުން އައްޔަންކުރުމުގައި ވެސް ރައީސްގެ އެއްވެސް ރޯލެއް އޮންނާކަށް ބޭނުންފުޅެއް ނުވޭ،" ހަލީލު ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން މި ވަގުތު ވެސް ތާއީދުކުރަނީ މީޑިއާ ރެގިއުލޭޓްކުރުން ވަރުގަދަކުރުމަށް ވުރެ "ޑީރެގިއުލޭޓްކުރުން" ކަމަށް ހަލީލު ވިދާޅުވި އެވެ. އެއީ މީގެ ކުރިން ވެސް ހަލީލުގެ އިތުރުން ރައީސް މުއިއްޒު އާއި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވެސް ދައްކަވާފައިވާ ވާހަކައެކެވެ.
ސަރުކާރުގެ ސިޔާސަތު އެ ގޮތަށް އޮވެފައި، ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ ގޮތުން އިންނަވާ މެންބަރު އަބްދުއްހަންނާން ހުށަހެޅުއްވި ބިލެއް ބަލައިގަންނަން ޕީއެންސީގެ މެންބަރުން ނިންމި ސަބަބާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވިދާޅުވީ "ބިލު ބަލައިގަންނަން ނިންމީ، ބިލު އޮތް ގޮތަށް ފާސްކުރާކަށް" ނުނިންމާ ކަމަށެވެ.
ކިޔާލަން
މީޑިއާ ރެގިއުލޭޓްކުރަން، މައްސަލައަކީ ބަޖެޓް ކުޑަވުން: އެމްއެމްސީ
27 އޯގަސްޓު 2025
'މީޑިއާ ކޮންޓްރޯލް ބިލް' ކުއްލި ގޮތަކަށް މަޖިލީހަށް ބަލައިގެންފި
27 އޯގަސްޓު 2025
ޕީއެންސީން މީޑިއާ ކޮންޓްރޯލް ބިލަށް ފުރިހަމައަށް ތާއީދު: ފަލާހު
27 އޯގަސްޓު 2025
ކޮމެންޓް (2)
އައު ލިޔުންތެރިއެއް
ޚަލީލުމެން ގޮތެއްގައި ހުރެބަލަ