އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް އައްޔަންކުރި އިސްމާއިލް ސާޖިދު.

އެމްއެމްއޭ

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސަށް އާ ވެރިއެއް

އެމްއެމްއޭއިން ބުނާ ގޮތުގައި އެ ބަދަލު ގެނައީ އެ އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރަން އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން. ކުރިން އެ މަގާމުގައި ހުރި އަޝްރަފް ބަދަލުކުރީ ރިސްކް އެންޑް ކޮމްޕްލަޔަންސްގެ ވެރިއަކަށް
3 އޯގަސްޓު 2025
3

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ މަގާމަށް ސާޖިދު އައްޔަންކުރީ ކުރިން އެ މަގާމުގައި ހުރި އަބްދުﷲ އަޝްރަފު އެ މަގާމުން ބަދަލުކުރުމުންނެވެ.

ތަފްސީލު - އެމްއެމްއޭއިން ބުނީ ސާޖިދު އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ.

ކުރިން އެ މަގާމުގައި ހުރި އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލުކުރީ، އެމްއެމްއޭއިން ބުނާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ މަގާމުތަކަށް ބަދަލުގެނައީ "އެމްއެމެްއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން" ކަމަށް އެ އޮތޯރިޓީއިން ބުނެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާ ބަދަލުކުރިއިރު، އެ ޔުނިޓުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭގޮތުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ޝުޖާއު އެ ރިޕޯޓު ދޮގުކުރެއްވި ނަމަވެސް، ފުލުހުން މިއަދު ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް (3)

ބާރަށު މައިކު

3 އޯގަސްޓު 2025
ކޮބާ ސުޖާއުއާ ބެހިލީމަ ވާގޮތް ފެނޭތަ
3 0

މާހު

3 އޯގަސްޓު 2025
ވައްކަންތައް ފަޅާ އަރުވާ މީހާ އަބަދުވެސް ގޯސްވާނީ.
6 0

ސިކުނޑި

3 އޯގަސްޓު 2025
ދެން ހަމަ އަހަރުމެން މިވާހަކަވެސް ގަބޫލު ކުރަންވީ؟! އަހަރެން ހިތައްއަރާ ކޮންދުވަހަކުންބާއޭ ދައުލަތުގެ މުއައްސަސާތަކުން ދޮގުހެދުން ހުއްޓާލާނީ!
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް