އަބްދުއްރަހްމާން އާދަމް.

އއ. މާޅޮސް

އަބްދުއްރަހުމާނުގެ ޕޯސްޓުމޯޓަމް ހަދަން ހަށިގަނޑު މާލެ ގެންނަނީ

- އަބްދުއްރަހުމާނު މަރުވީ އޭނާ އަށް ލިބުނު ޒަހަމްތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަނިކޮށް

ރަހުމު ކުޑަ އަނިޔާތަކެއްދީ އއ. މާޅޮހުގައި މަރާލި އަބްދުއްރަހުމާން އާދަމް،65،ގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އަބްދުއްރަހުމާނު މަރުވީ އޭނާ އަށް ލިބުނު ޒަހަމްތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަނިކޮށް ރޭ ދަންވަރު އެވެ. އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ދިނީ ގޭގައި ނިދާފައި އޮއްވަ އެވެ.

ތަފްސީލް - ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަން ތަހުގީގުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

ފާހަގަ ކުރެވޭ - އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުގައި:

  • ހަމަލާދިން އިރު ގޭގައި އުޅެނީ އުމުރުން ދުވަސްވީ ދެމަފިރިން އެކަނި 

  • ރޭ ދެމީހުން ނިދާފައި އޮތީ ވެސް ދެ ކޮޓަރިއެއްގައި

  • ފިރިހެން މީހާއަށް ހަމަލާދީފައި އޮތީ އޭނާ  އަރިއަކަށް އޮއްވައި 

  • ސިއްހީ މަރުކަޒަށް ގެންދިޔައީ، އަނބިމީހާ އާއި އިތުރު ބަޔަކު ވެގެން

  • ފިރިހެން މީހާއަކީ ސިހުރު ހަދާ ކަމަށް ރަށުތެރޭގައި އަޑުފެތުރިފައިވާ މީހެއް

އެނގިފައިވާ ގޮތުގައި އެ މީހުންގެ ތިން ދަރިން ތިބޭއިރު، ދިރިއުޅެނީ ރަށުން ބޭރުގަ އެވެ.

ކޮމެންޓް (1)

ޒިމްނާ

14 ޖުލައި 2025
ކޮން ކަމެއް ހޯދަން ހަދާ ޕޯސްޓް މޯޓަމެއްތަ؟ އަމިއްލައަށް މަރުވީ ކަމަށް ހީވަނީތަ؟ ތި ކޭސްގަ ޕޯސްޓްމޯޓަމުން އެނގޭ އެއްވެސް އެއްޗަކުން ގާތިލު ހޯދަން ފަސޭހަ ވޭތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް