މާޅޮހުގައި ދުވަސްވީ މީހާ މަރާލާފައި އޮތް ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި (ދައުރު ފޮޓޯ)

މަރު

ރަހުމުކުޑަ ގޮތަކަށް މާޅޮހުގައި މީހަކު މަރާލައިފި

65 އަހަރު އެ މީހާއަށް ބަޔަކު ހަމަލާދިނުމުގެ ސަބަބުން އޭނާގެ ބޯ ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައި

އއ. މާޅޮހުގައި ރަހުމުކުޑަ ގޮތަކަށް އުމުރުން ދުވަސްވީ ފިރިހެނަކު މަރާލައިފި އެވެ. 

ވީ ކިހިނެއް؟ - ފުލުހުން ބުނިގޮތުގައި ރޭ 1:50 އެހާއިރު ބޮޑެތި ޒަހަމްތަކަކާ އެކު އޮތް 65 އަހަރުގެ މީހަކު މާޅޮހު ސިއްހީ މަރުކަޒަަށް ގެންގޮސް ފަރުވާދެނިކޮށް މަރުވެފައިވާ ކަމަށެވެ. 

ތަފްސީލް - މަރުވެފައި ވަނީ އަބްދުއްރަހްމާން އާދަމް، 65، އޯކިޑްމާގެ އެވެ.

މާޅޮހުން 'ދައުރު'އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ފިރިހެން މީހާއަށް ހަމަލާދީފައި އޮތީ، އޭނާގެ ގޭގައި ނިދާފައި އޮއްވަ އެވެ.

"ބޮލުގެ ފުއްކިބައިގައި އެއްޗަކުން ޖަހާފައި އޮތީ. މުޅި އެނދުމަތީގައި އޮތް ލޭ. ސިކުނޑީގެ ބައެއް ވެސް އޮތް ފެންނަން،" އޭނާ ބުންޏެވެ. 

ބެލެވެނީ ހަމަލާދީފައި ވަނީ މަރުތޭލެއް ޒާތުގެ އެއްޗަކުން ކަމަށެވެ. 

ފިރިހެން މީހާ މަރުވީ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް، އޭގެ ގަޑިއިރެއްހާއިރު ފަހުން 2:30 ހާއިރެވެ. 

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުގައި:

  • ހަމަލާދިން އިރު ގޭގައި އުޅެނީ އުމުރުން ދުވަސްވީ ދެމަފިރިން އެކަނި 

  • ރޭ ދެމީހުން ނިދާފައި އޮތީ ވެސް ދެ ކޮޓަރިއެއްގައި

  • ފިރިހެން މީހާއަށް ހަމަލާދީފައި އޮތީ އޭނާ  އަރިއަކަށް އޮއްވައި 

  • ސިއްހީ މަރުކަޒަށް ގެންދިޔައީ، އަނބިމީހާ އާއި އިތުރު ބަޔަކު ވެގެން

  • ފިރިހެން މީހާއަކީ ސިހުރު ހަދާ ކަމަށް ރަށުތެރޭގައި އަޑުފެތުރިފައިވާ މީހެއް

އެނގިފައިވާ ގޮތުގައި އެ މީހުންގެ ތިން ދަރިން ތިބޭއިރު، ދިރިއުޅެނީ ރަށުން ބޭރުގަ އެވެ.

ކޮމެންޓް (2)

މުސްލިމް

13 ޖުލައި 2025
ޖަސްޓިސް ފެއިލް ވީމަ ވާނީ މިހެން
7 2

ތެފައާސާ.

13 ޖުލައި 2025
އެއްވެސް ކަހަލަ ޖެހިލުމެއް ބިރެއް މެއެއް ނެތި މިފަދަ ބޮޑެތި ޖަރީމާތައް މިފަދަ ކުޑަކުޑަ މުޖުތަމައުތަކުގައި ހިންގަމުން މިގެންދަނީ އަދުލު އިންސާފު ބޮއްސުންލައި ގޮސްފައިއޮތް މިންވަރުގެ ބޮޑުކަމުން. ހިތާމަހުރި.
24 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް