ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން (ދައުރު ފައިލް ފޮޓޯ/މުޒައްޔިން ނާޒިމް)

ޓީޖީއެސްޓީ

މިއަދުން ފެށިގެން ޓީޖީއެސްޓީ %17 އަށް ބޮޑުވެއްޖެ

މި ބަދަލު ތަންފީޒު ކުރަން މި ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު ގާނޫނަށް ގެނައި އިސްލާހަކުން

ޓޫރިޒަމް ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓިޖީއެސްޓީ ބޮޑު ކުރުމުގެ މާއްދާތަކަށް މިދިޔަ އަހަރުގެ ފަހުކޮޅު މަޖިލީހުން ފާސް ކުރި އިސްލާހުތަކަށް މިއަދު އަމަލު ކުރަން ފެށުމާ އެކު، ރޭ 12 އިން ފެށިގެން އެ ޓެކްސް %17އަށް ބޮޑުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށްޓަކައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ.

މަޖިލީހުގެ 70 މެންބަރެއްގެ  ތާއީދާއެކު ފާސް ކުރި އެ އިސްލާހުގައި އޮތީ: 

  • ޓީޖީއެސްޓީ %16 އިން %17 އަށް ބޮޑު ކުރުމަށް 

  • އެއަށް އަމަލު ކުރަން ފަށަން އޮތީ، ބިލު ތަސްދީގު ކުރާތާ ހަތް މަސް ފަހުން، 1 ޖުލައި 2025އިން ފެށިގެން 

ފާހަގަ ކުރެވޭ ކަމެއް - އޭރު މަޖިލީހުން ބޮޑު ކުރަން ނިންމި ޓެކްސްތަކުގެ ތެރޭގައި ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސް ހިމެނެ އެވެ. ސަރުކާރުން އޭރު ބުނެފައިވާ ގޮތުގައި މި ޓެކްސްތައް ބޮޑު ކުރުމުން ދައުލަތަށް ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮމެންޓް (1)

ތެފައާސާ.

2 ޖުލައި 2025
މަރުހަބާ. ރައީސްގެ މުއިއްޒުގެ އިސްނެންގެވުމާއި މަޝްވަރާއާއި އިރުޝާދުގެ ދަށުން ޖީއެސްޓީ ބޮޑުކުރެއްވުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ކާމިޔާބެއް. އަދި އިތުރަށް ދައުލަތަށް މި ލިބޭ ޓެކްސް ފައިސާ އިސްރާފު ނުވާނޭ ގޮތަކަށް ހަރުދަނާ އުސޫލަކުން، އިތުރު ސިޔާސީ މަގާމުތަކަށް ހޭދަކުރެއްވުމަށް ސަރުކާރަށް އިލްތިމާސް ދަންނަވަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް