ރައީސް މުހައްމަދު މުއިއްޒު މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމްގައި ތަގުރީރުކުރައްވަނީ - (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ-މެލޭޝިއާ

މެލޭޝިއާގެ ވިޔަފާރިތަކުން ރާއްޖޭގެ ތަރައްގީއަށް އިންވެސްޓްކުރަން ރައީސްގެ ދައުވަތެއް

ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަހައްދެއްގައި ކަމުން، އެ ދާއިރާއިން އިންވެސްޓް ކުރުމަކީ ދެ ފަރާތަށް ވެސް ފައިދާ ހުރި ކަމެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވި
28 އޭޕްރީލު 2025

މެލޭޝިއާގެ ވިޔަފާރިތަކުން ރާއްޖޭގެ ތަރައްގީގައި ބައިވެރިވެ އިންވެސްޓްކުރުމަށް، ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި އިންވެސްޓަރުންގެ ފޯރަމުގައި ދައުވަތު ދެއްވައިފި އެވެ.

ވީކިހިނެއް؟ - މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސްގެ ހައިސިއްޔަތުން މުއިއްޒު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް ބާއްވައި އެ ފޯރަމުގައި ރައީސް ތަގުރީގު ކުރެއްވި އެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނި ގޮތުގައި، އެ ފޯރަމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ އަހަރު، 2040ގައި ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ބަދަލުކުރުމުގެ ތަސައްވުރެއް އެބައޮތް ކަމަށެވެ.

އެ މަސައްކަތުގައި މެލޭޝިއާގެ ވިޔަފާރިތަކުން ބައިވެރިވުމަށް ރައީސް ދައުވަތު ދެއްވި އެވެ. 

ރާއްޖޭން މި ތަސައްވަރުކުރާ ބަދަލަކީ އެކަނި ގެނެވޭނެ ބަދަލެއް ނޫންކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވަނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.

ރާއްޖޭގެ ތަރައްގީއަށް އިންވެސްޓްކުރުމަށް ބާރު އެޅުއްވުމުގެ ގޮތުން އެ މަނިކުފާނުގެ ތަގުރީރުގައި ދެން ފާހަގަކުރެއްވި ކަންކަމަކީ:

  • ރާއްޖޭގެ އިގުތިސޯދީ ހާއްސަ ސަރަހައްދު (އީއީޒެޑް)ގައި އިންވެސްޓްކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތުތައް

  • ރާއްޖޭން ޝައުގުވެރިވަނީ ދެ ފަރާތަށް ވެސް ފައިދާކުރަނިވި އަދި އިތުބާރު ހިފޭ ފަދަ، ހަރުދަނާ ތަރައްގީގެ ބައިވެރިން ހޯދުމަށް

  • ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަހައްދެއްގައި ކަމުން، އެ ދާއިރާއިން އިންވެސްޓް ކުރުމަކީ ދެ ފަރާތަށް ވެސް ފައިދާ ހުރި ކަމެއް

  • ދުނިޔެއަށް ނަން މަޝްހޫރު ދިވެހި ފަތުރުވެރިކަމުގެ ދާއިރާ އަދި ތިމާވެއްޓާ ރަށްޓެހި ޓޫރިޒަމްގެ ދާއިރާގައި ހުރި ފުރުސަތުތައް

އިތުރު އާޓިކަލް

އިތުރު އާޓިކަލް