މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރައީސް މުއިއްޒާ މިއަދު ސަލާމްކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-މެލޭޝިއާ

ރައީސް މުއިއްޒަށް މެލޭޝިއާއިން މަރުހަބާކިޔައިފި

މި ދަތުރުފުޅުގައި ރައީސް އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ
28 އޭޕްރީލު 2025
1

ރައީސް މުހައްމަދު މުއިއްޒު އިއްޔެ މެލޭޝިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ޕުޓްރަޖާޔާގައި ބޭއްވި މި ރަސްމިއްޔާތު ފެށީ ޝަރަފުގެ ގާޑަކުންނާއި ދެ ގައުމުގެ ގައުމީ ސަލާމުންނެވެ.

ރައީސް މުއިއްޒަށް މަރުހަބާކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސ)

ތަފްސީލް - ރައީސް މުއިއްޒާއި ބޮޑުވަޒީރު އަންވަރު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި ތައާރަފުގެ ސެޝަނެއްގައި ރައީސަށް މެލޭޝިއާގެ ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ތައާރަފުކޮށްދެއްވި އެވެ. އަދި ރައީސް މުއިއްޒު ވަނީ ދިވެހި ވަފުދުގެ މެންބަރުން ބޮޑުވަޒީރަށް ތައާރަފުކޮށްދެއްވާފަ އެވެ.

ރައީސް މުއިއްޒަށް މަރުހަބާކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)

މަޝްހޫރު މަސްޖިދުލް ޕުތުރާގެ މަންޒަރާ އެކު ދެ ލީޑަރުން ފޮޓޯ ނެންގެވުމަށް ފަހު، ރަސްމީ ޕްރޮޓޮކޯލްގެ ދަށުން ރައީސް މުއިއްޒު ވަނީ މެހެމާނުންގެ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ރައީސް މުއިއްޒަށް މަރުހަބާކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)
ރައީސް މުއިއްޒަށް މަރުހަބާކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީހުން އިއްޔެ ބުނި ގޮތުގައި، މި ދަތުރުފުޅުގައި ރައީސް އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެ އެވެ. އެ ބައްދަލުވުމުގައި:

  • އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ 

  • ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ މެދު ހިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނެ އިތުރު މަގުތައް ހޯއްދަވާނެ

  • ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދަވާނެ

މި ދަތުރުފުޅުގައި:

  • އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ ބޭފުޅުންނާ ބައްދަލުކުރައްވާނެ 

  • އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަސިޓީގައި އެ މަނިކުފާނު ތަގުރީރު ކުރައްވާނެ

  • މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި އެ ފަރާތްތަކަށް އެއްބާރުލުން ދެވޭނެ ގޮތްތައް ހޯއްދަވާނެ

މިދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓް (1)

ތެފައާސާ.

28 އޭޕްރީލު 2025
ބޮޑު ސިންގާ ވަފުދު ހައްދަވައިގެން މަހަކު ދަތުރެއް ދެ ދަތުރެއް އެބަ އަޅުއްވާ. އަހަރެމެން ރައްޔިތަކަށް މި ކަމަކުން ވާ ކަމެއް ހަރާމުން ހަރާން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް