13 އޮކްޓޯބަރު 2024: މަގެއްގެ މަތީ މަޑުކޮށްލައިގެން ތިބި ބިދޭސީންތަކެއް؛ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެ، ވިޔަފާރި ކުރާ މީހުންވެސް ގިނަ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ލައްކައެއްހާ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި; މޭ މަހުން ފެށިގެން ގަވައިދާ ހިލާފަށް އުޅޭނަމަ ޑީޕޯޓުކުރާނެ

މިހާތަނަށް މައުލޫމާތު ނުދީ އެއްވެސް ބިދޭސީއަކުވާނަމަ އަންނަ މަހުގެ 30ގެ ކުރިން އެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން އެދޭ

 ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ލައްކައަކަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި މެއި މަހުން ފެށިގެން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް 'ކުރަގި' ނަމުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މި އޮޕަރޭޝަނުގެ ދަށުން ފާއިތުވި 10 މަސްތެރޭ ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލެއް މިއަދު ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ބުނީ ކީކޭ؟ - ހޯމް މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް 100،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ އިރު އޭގެ ތެރޭގައި މާލޭ ސަރަހައްދުން އެކަނި 65،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ އޮޕަރޭޝަނަށް މައުލޫމާތު ނުދީ އެއްވެސް ބިދޭސީއަކުވާ ނަމަ އަންނަ މަހުގެ 30ގެ ކުރިން އެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން އެދުނެވެ.

"މި ތާރީހުގެ ފަހުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ފެށިގެންދާނެ ވާހަކަ ދެންނެވީމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނީ:

  • މިދިޔަ ސަރުކާރުގެ ފަސް އަހަރު ނިމުނު އިރު އެއްކުރެވިފައިވަނީ ގާތްގަނޑަކަށް 40،000 އެއްހާ ބިދޭސީންގެ މައުލޫމާތު 

  • ބިދޭސީންގެ މައްސަލަ ބޮއްސުންލާފައިވަނީ ކުރީ ސަރުކާރުތަކުން އެކަމުގެ އަމަލީ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދީފައި ނެތުމުން 

  • މިހާރު ކުރިއަށްދާ ކުރަގި އޮޕަރޭޝަން ނިމުމުން އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ

ކޮމެންޓް (1)

އަލީ

19 މާރިޗު 2025
5 އަހަރު ދުވަހު، ފައްޔާޒު އަކީ އެއްވެެސް ކަމެއް ނުކުރެވި ނަތީޖާ ހާސިލްކުރަން ނޭނގޭ އިކޮނޮމިސްޓެއް ތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް