ދަ ޑިމޮކްރެޓްސްއިން ކުރިން ބޭއްވި ޖަލްސާއެއްގައި މުހައްމަދު ނަޝީދު. (ދައުރު ފޮޓޯ/ ހުސެއިން ސުނޭން)

ގަސް ކެނޑުން

ހިތުހުރި ގޮތަކަށް ގަސް ކަނޑާތީ ނަޝީދު ކޯފާ ގަދަވެ ކައުންސިލަށް ދައުވާކުރަން ގޮވާލައްވައިފި

ނަޝީދު ވިދާޅުވީީ ހިތުހުރި ގޮތަކަށް ގަސް ކެނޑުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ޖެހޭ ކަމަށް ފެނިިވަޑައިގަންނަވާ ކަމަށް

ވިލިމާލޭގައި ހުރި ގިނަ އަދަދެއްގެ ގަސް ކަނޑާލި މައްސަލައިގައި ނުރުހުން ފާޅުކޮށް، އެއީ މާލޭ ސިޓީ ކައުންސިިލަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވިލިމާލޭގެ މަގެއްގެ ދެ ފަޅީގައި ހުރި ގިނަ އަދަދެއްގެ ގަސްތަކެއް ކަނޑާލާފައިވާ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އަދި އެކަމާ ގުޅޭގޮތުން ގިނަ އަދަދެއްގެ މީހުން އަންނަނީ މާލެ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ.

ތަފްސީލު - ނަޝީދު މިއަދު 'އެކްސް'ގައި ނުރުހުން ފާޅުކުރެއްވީ ވިލިމާލޭގެ މަގެއްގެ ދެ ފަޅީގައި ހުރި ގިނަ އަދަދެއްގެ ގަސްތަކެއް ކަނޑާލާފައިވާ މަންޒަރު ފެންނަ ވީޑިއޯއަކާ އެކީގަ އެވެ.

އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ ހިތުހުރި ގޮތަކަށް ގަސް ކެނޑުމަކީ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށެވެ.

"މާލޭ މަގުތަކުގައި ހެދިފައި ހުރި ގަސްތައް އެމްސީސީ [މާލެ ސިޓީ ކައުންސިލް] އެ އިރެއްގައި ހިތުހުރި ގޮތަކަށް ކަނޑާ ހެދުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް. މި ކަމުގައި އެ ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ގަސްތައް ކަނޑާލި ސަބަބާ ގުޅޭގޮތުން ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.

ގުޅުންހުރި ކަމެއް - މިދިޔަ ސަރުކާރުން މާލޭގެ އަމީނީމަގުގައި ތާރުއަޅައި ތަރައްގީކުރިއިރު އެ މަގުގައި ހުރި ދުވަސްވީ ގިނަ ގަސްތަކެއް ކަނޑާލި މައްސަލައިގައި ވެސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އެކަން ހުއްޓުވައިދިނުމަށް އެދި، ޕްލޭނިން މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެ އެވެ.

ކޮމެންޓް (1)

ސިކުނޑި

8 މާރިޗު 2025
ހިތުހުރި ގޮތަކަށް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން އެއްކޮށް އެއްފަހާ ސަސްޕެންޑުކުރާ ގައުމެއްގައި ގަހެއް ކަނޑައިގެންތޯ މަނިކުފާނުވެސް ތިހާ ކަންބޮޑުވަނީ! މިގަމުގައި ނެތޭ ކޯފާވާން ނުޖެހޭ ހަމައެއްކަމެއްވެސް! 2008ގެ ފަހުން އެންމެންހެން މިތިބެނީ ކޯފާވެ ދެލޯ ރަތް ކޮށްގެން! ރަނގަޅު ހަމަ އެއްކަމެއްވެސް ނުމެވޭ! އެކަކަށް ރަނގަޅު ވެއްޖިއްޔާ އަނެކަކަށް ގޯސްވޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް