ސްޓެލްކޯގެ މާލޭ އިންޖީނުގެ (ދައުރު ފައިލް ފޮޓޯ)

ސްޓެލްކޯ

ރޯދައިގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު މަދު

ސްޓެލްކޯ އިން ބުނީ އިއްޔެ މާލެ ސަރަހައްދުގައި އެންމެ ޕީކު ގަޑީގައި ބޭނުންކޮށްފައިވަނީ 78 މެގަވޮޓުގެ ކަރަންޓު ކަމަށް؛ ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު ހުރީ އެވްރެޖްކޮށް 100 މެގަވޮޓުން މަތީގައި

މާލެ ސަރަހައްދުގައި އިއްޔެ ކަރަންޓު ބޭނުންކުރި ނިސްބަތް އެހެން އަހަރުތަކާ އަޅާބަލާއިރު ދަށް ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯ އިން މިއަދު ބުނީ މި ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި އެންމެ ޕީކު ގަޑީގައި ބޭނުންކޮށްފައިވަނީ 78 މެގަވޮޓުގެ ކަރަންޓު ކަމަށެވެ.

ތަފްސީލް - އިއްޔެ ކަރަންޓު ބޭނުންކުރި ނިސްބަތް މަދުވެފައިވަނީ، ސްޓެލްކޯ އިން ފާހަގަކުރި ގޮތުގައި: 

  • ވިއްސާރަ ދުވަހަކަށް ވުމުން

  • ސްކޫލުތަކާއި އޮފީސްތައް ބަންދު ދުވަހަކަށް ވުމުން

ސްޓެލްކޯ އިން ބުނީ ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓުން މަތީގައި ކަމަށެވެ.

ފާހަގަ ކުރެވޭ - ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑަން ނުޖެހޭ ވަރަށް ސްޓެލްކޯ އިން ވަނީ ރޯދައަށް ތައްޔާރުވެފަ އެވެ. މީގެ އިތުރުން، ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން %10ގެ ޑިސްކައުންޓު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް