21 ޖުލައި 2024: ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ މީގެ ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސްޓެލްކޯ

ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑަން ނުޖެހޭނެ: ސްޓެލްކޯ

ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން އެ ކުންފުނިން ކަރަންޓުގެ ހިދުމަތްދޭ 4 އަތޮޅުގައި ވެސް ރޯދަ އަށް ތައްޔާރުވުމަށް ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށް

ކެޕޭސިޓީ ނެތިގެން ކަރަންޓް ކަނޑާލަން ނުޖެހޭވަރަށް ކުރިއަށް އޮތް ރޯދަ މަހަށް ސްޓެލްކޯ އިން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރޯދަ މަހަށް ތައްޔާރުވުމަށް ސްޓެލްކޯ އިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއު އެއްގައި ފަހުމީ ވިދާޅުވީ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު ޖެނެރޭޓަރުތަކެއް އިންސްޓޯލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

21 ޖުލައި 2024: ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ  (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ތަފްސީލް -  ސްޓެލްކޯ އިން އަންނަނީ 17 މެގަވޮޓުގެ ކަރަންޓު އުފެއްދޭ އިންޖީނުތައް އިންސްޓޯލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހުޅުމާލޭގައި މި އިންޖީނުތައް ބަހައްޓަނީ ކުރިއަށް އޮތް ރޯދަ މަހު ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން އެ ކުންފުނިން ކަރަންޓުގެ ހިދުމަތްދޭ ހަތަރު އަތޮޅުގައި ވެސް ރޯދަ އަށް ތައްޔާރުވުމަށް ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން [ކަރަންޓު] ހިދުމަތްދޭ އެއްވެސް ކަސްޓަމަރަކަށް ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލަން، ނުވަތަ އިންޖީނުގެ ހާލަތު ދަށްވެގެން ކަރަންޓު ކަނޑާލާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެނީ މާލެ ސަރަހައްދުގެ އިތުުރުން:

  • 1-

    އދ. އަތޮޅުގެ މާމިގިލި ފިޔަވާ އެ އަތޮޅުގެ ހުރިހާ ރަށަކަށް

  • 2-

     އއ.، ވ. އަދި އަތޮޅުގެ ހުރިހާ ރަށަކަށް

  • 3-

    ކ. އަތޮޅުގެ ހުރާ ނޫން ހުރިހާ ރަށަކަށް

ޓެކްނިކަލް ހާލަތެއް ދިމާވެގެން ކަރަންޓް ކެނޑުން ފަދަ ކަމެއް މެދުވެރިވިޔަސް ރައްޔިތުންނަށް ހިދުމަތް ދޭން އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް