ކަރަންޓު ބިލެއް ބަލަނީ (ދައުރު ފޮޓޯ)

ކަރަންޓު

މިފަހަރު ވެސް ކަރަންޓާއި ފެން ބިލުން ދޭނީ %10 ޑިސްކައުންޓު

ރޯދަ މަސް ފަދަ ފެނާއި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރު މަސްތައް އުނިކޮށް އެވްރެޖު ހިސާބެއް ހަދައި މާޗު މަހުގެ ބިލާއި އެ މަސްތަކުގެ ބިލުގެ ފަރަގުން ޑިސްކައުންޓު ދޭނެ

ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދޭއިރު، އެންމެ ގިނައިން ކަރަންޓާއި ފެން ބޭނުން ކުރާ ތިން މަސް ނުހިމަނާ، ބާކީ 9 މަހު ކަރަންޓާއި ފެން ބޭނުންކުރާ ނިސްބަތުން %10 ޑިސްކައުންޓު ދޭނެ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ތަފްސީލް - އަންނަ ހޮނިހިރު ދުވަހު ރޯދަ މަސް ފެށޭއިރު، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ވަނީ ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދޭން ބަލާނެ ކަންތައް ހާމަކޮށްފަ އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ:

  • 'އާންމު މަސް' ކަނޑައެޅުމުގައި ރޯދަ މަސް ފަދަ ފެނާއި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރު މަސްތައް އުނިކޮށް، އެވްރެޖު ހިސާބެއް ހަދާނެ. އެވްރެޖު ހެދުމުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ މަސްތައް ކަމުގައިވާ ފެބްރުއަރީ، މާޗު އަދި އޭޕްރީލް މަސް އުނިކޮށް، މިިދިޔަ އަހަރުގެ ބާކީ 9 މަހުގެ އެވްރެޖަކީ އެ ކަސްޓަމަރެއްގެ 'އާންމު މަސް' ކަމުގައި ބަލާނެ

  • ޑޮމެސްޓިކް މީޓަރުތަކަށް މާޗު މަހުގެ ބިލު ކުރުމުގައި، މާޗު މަހާއި 'އާންމު މަސް' ކަމަށް ކަނޑައަޅާފައިވާ އަދަދުގެ ފަރަގު ރޯދަ ޑިސްކައުންޓްގެ ގޮތުގައި ބިލުކުރާނެ؛ މި ފަރަގަކީ %10އަށް ވުރެ ދަށް އަދަދެއް ނަމަ މާޗު މަހުގެ ބިލަށް %10ގެ ޑިސްކައުންޓު ދޭނެ

  • މާޗު މަހާއި 'އާންމު މަސް' ކަމަށް ކަނޑައަޅާފައިވާ އަދަދުގެ ފަރަގު އަޅާކިޔާއިރު، މި އަހަރުގެ މާޗު މަހުގެ ބިލު އާންމު މަހަކަށް ވުރެ ދަށްވެފައިވާ ކަސްޓަމަރުންނަށް ވެސް %10 ޑިސްކައުންޓު ދޭނެ

  • މާޗު މަހުގައި އަލަށް ބިލުކުރެވޭ މީޓަރުތަކަށާއި ކުރިން ރަޖިސްޓްރީކޮށްފައިވީ ނަމަވެސް މިހާތަނަށް ދަށް ޔޫސޭޖެއް ހުރުމުން ނުވަތަ އެވަރެޖެއް ހިސާބުކުރެވޭ މިންވަރަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް %10ގެ ޑިސްކައުންޓު ދޭނެ

ރޯދަ މަހު ކަރަންޓު ބިލުން ޑިސްކައުންޓު ދޭނެ އުސޫލު ހާމަކުރުމަށް މިއަދު ސްޓެލްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި އެ ކުންފުނިން ބުނީ، މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ދިމާވި އެންމެ ބޮޑު އެއް ދައްޗަކީ ރޯދަ މަހުގެ ޑިސްކައުންޓް ދެ މަހެއްގެ ބިލުގައި ހިމަނަން ޖެހުން ކަމަށެވެ.

އެކަމަށް ހައްލެއް ހޯދުމަށް މި އަހަރު ނިންމާފައިވަނީ މުޅި ރޯދަ މަހަށް އެއް ބިލު ތައްޔާރު ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން:

  • ރޯދަ މަހުގެ ބިލު ތައްޔާރު ކުރުމަށް މާދަމާ އިން ފެށިގެން ސްޓެލްކޯގެ މުވައްޒަފުން ރީޑިން ނަގާނެ

  •  އޭގެ ފަހުން ދެން ރީޑިން ނަގާނީ ރޯދަ މަސް ނިމުމުން، އަންނަ މަހު 30ގައި

 

ކޮމެންޓް (1)

ތެފައާސާ.

26 ފެބްރުއަރީ 2025
ކުރިންފަހަރުވެސް ހެދިހެން ރޯދަމަހު 10% ޑިސްކައުންޓު ދީފައި ވިދިގެން އަންނަ 3 މަހު 10% އިތުރުނުކުރާނެކަމަށް އުންމީދުކުރަން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް