ދ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

ރޯދަ 2025

މި ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ލިބޭނެ: ރައީސް

ރޯދަ މަހު ކަރަންޓާއި ފެން ބިލު އެހެން މަސްތަކަށް ވުރެ ބޮޑު ނުވާނެ ގޮތަށް އެއްވަރެއްގައި ހިފެހެއްޓުމަށް މިދިޔަ އަހަރު ވެސް ޑިސްކައުންޓް ދިން

މި އަހަރުގެ ރޯދަމަހުގެ ކަރަންޓާ ފެން ބިލުން ވެސް ޑިސްކައުންޓް ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިކަން އިއުލާންކުރެއްވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަހުވަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަކުރަން މިރޭ ބޭއްވި ޖަލްސާގަ އެވެ.

ތަފްސީލް - ރޯދަމަހުގެ ކަރަންޓާއި ފެން ބިލް، އެހެން މަސްތަކަށް ވުރެ ބޮޑުނުވާނެ ގޮތަކަށް ކަންކަން ކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެގޮތުން މިދިއަ އަހަރު އެ ދެ ބިލުން ޑިސްކައުންޓް ދިނެވެ.

"ކުރީ ރޯދަމަހު ދިން ގޮތަށް މިފަހަރު ވެސް ރޯދަމަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް އަޅުގަނޑުމެން ދޭނަމޭ. ހަމަ އެކަން އެގޮތަށް ކުރިއަށް ގެންދާނަމޭ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ނިންމެވުމަކަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ވެސް ސަރުކާރުން މިހާރު އަންނަނީ ދެމުންނެވެ.

ކޮމެންޓް (1)

ށަޡޫ

24 ފެބްރުއަރީ 2025
މިއީ ޑިސްކައުންޓެއް ނޫން، މިއީ އަސްލު ބިލަށް އަރާވަރު،މިކަހަލަ ވާހަކަ ޤަބޫލު ކުރާނީ ކައިރި ޤައުމު ތަކުގަ ތިބި ނުކިޔަވާ މީހުން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް