ގއ. ވިލިނގިލި: މި ރަށުގައި އަންހެނަކާއި އޭނާ ވިހޭ ދަރިފުޅު މަރުވި ހާދިސާގެ ތަހުގީގު ވަނީ ފަށާފައި.

ގއ. ވިލިނގިލި

ވިލިނގިލީގައި ދެމައިން މަރުުވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަނީ

އެ ހާދިސާގައި އިހުމާލުވެފައިވާ ފަރާތެއްވާ ނަމަ އެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި

ގއ. ވިލިނގިލީގައި ބުދަ ދުވަހު ވިހޭ އަންހެނަކާއި ދަރިފުޅު މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަން ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި ހާދިސާގައި މަރުވީ ވިލިނގިލީ ޝިއުނާ ތައުފީގާއި އޭނާގެ ތިން ވަނަ ދަރިފުޅެވެ. ބުދަ ދުވަހު ހެނދުނު ވިހެއުމަށް ފަހު ވެސް ދެމައިން ހޭނާރަ އެވެ. ފަރުވާ ދިނީ ވެންޓިލޭޓަރުގަ އެވެ.

ޝިއުނާ މަރުވީ މާލެ ގެންނަން ވެގެން ގއ. ކޫއްޑޫ އެއާޕޯޓަށް ގެންގޮސްފައި އޮއްވައި އެ ރަށުގަ އެވެ. ދަރިފުޅު މާލެ ގެނެވުނު ނަމަވެސް މާލޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އެވެ.

ތަފްސީލް - މިނިސްޓަރު އިހުސާން މިއަދު 'އެކްސް'ގައި ވިދާޅުވީ ވިލިނގިލީގައި ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމަ މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގައި އެ ހާދިސާގައި އިހުމާލުވެފައިވާ ފަރާތެއްވާ ނަމަ، އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އެނގުން މުހިއްމު - އެ ހާދިސާ ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.

ޝިއުނާއަށް ފަރުވާ ދިން ޑޮކްޓަރު ވެސް މިހާރު ވަނީ މާލެ ފޮނުވާލައިފަ އެވެ.

ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ޝަމީމް އިއްޔެ 'ދައުރު'އަށް ވިދާޅުވީ އިއްޔެ ހެނދުނު ޑޮކްޓަރު މާލެ ފުރުވާލާފައިވާ ކަމަށެވެ. އެގޮތުން:

  • އެއީ ނޭޕާލް ފިރިހެން ޑޮކްޓަރެއް

  • އޭނާ މާލެ ފޮނުވީ ހެލްތު މިނިސްޓްރީން އަންގައިގެން

ކޮމެންޓް (5)

ނަސްމި

8 ފެބްރުއަރީ 2025
އެމް.ޑީ.ޕީ އަދި ޕީ.އެން.ސީ ކިޔާނެ ކަމެއް ނެތް. ގދ. ހޮސްޕިޓަލަކީ މިނިސްޓްރީ އޮފް ހެލްތުން އަޅާ ނުލާ ދޫކޮށްލާފައިވާ ތަނެއް. ތަން ރަނގަޅުކުރުމުގެ ބޭނުމުގައި ޑިރެކްޓަރ ޒިންމާދާރު ވެރިޔާ މަސައްކަތުން ދުރުކޮށްފައި ހުންނަތާ 8 މަސް. މިހާރު ޒިންމާދާރު ވެރިއެއް ނެތް. ތަނުގެ ހިންގުން އެންމެ ތަންކޮޅެއް ވެސް ރަނގަޅުތޯ ހަމަ ސިވިލް ސާރވިސް ކޮމިޝަނުގައި އަހާލަން އެބަ ޖެހެ.
1 0

ސިކުނޑި

8 ފެބްރުއަރީ 2025
ޖިނާޢީ ތަހުގީގެއް ހިންގަނީ، ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލް ސަލާމަތްކުރަން! ތިކަމުގައި ޖިނާޢީ ގަސްތެއް އޮންނާނެ ކަމަކަށް ނުބެެވޭ! އަތޮޅު ހޮސްޕިޓަލްތަކުގެ ފެންވަރު ބަލައި، ޚިދުމަތްތަކަށް ހުއްދަދޭ ފަރާތް ތިކަމުގައި ޒިންމާވާންޖެހޭނީ! އެންމެ ރަނގަޅު ގޮތަކީ ދައުލަތުން ޒިންމާނަގައި އެފަދަ ކަންކަން ނުވާނެ ގޮތަކަށް ހޮސްޕިޓަލްތަކުގެ ކަންކަން އިސްލާހު ކުރުން! ޖިނާޢީ ތަހުގީގެއްކޮށް ބޭރު ޑަކްޓަރު ފޮނުވާލެވިދާނެ! އެކަމަކު މައްސަލަ ހައްލެއް ނުވާނެ! ހޯމް މިނިސްޓްރީން މަތިންބައިން ޖެހިގެން ތަހުގީގު ކުރަންޖެހޭ މައްސަލައެއްނޫން މި މައްސަލައަކީ!
1 0

ނަޒީ

8 ފެބްރުއަރީ 2025
@ސިކުނޑި މަރުވީމާ ޖިނާއީ ތަހުގީގު ހިންގަން ވާނީ ފުލުހުން. ހެކި ނައްތާލުމުގެ ކުރީން އަވަސް ކުރަންޖެހޭ.
0 0
އިބްރާހިމް Avatar

އިބްރާހިމް

7 ފެބްރުއަރީ 2025
ޝޯޝަލް މީޑިޔާގައި އުޅޭ ޝިއުނާގެ ފިރިމީހާގެ އޯޑިޔޯގައި ދައްކާފައިވާ ވާހަކަ ތަކަކީ ހަޤީގަތް ކަމުގައި ވަންޏާ ތިކަމުގައި އެންމެ ފުރަތަމަ ހޮސްޕިޓަލަށް ގޮސް ފަރުވާ އަކަށްވާ ކަހަލަ ފަރުވާއެއް ނުދެވުން އެއީ ވަރަށް ބޮޑު އިހުމާލެއް ، ނަރުހުން ކޮންމެ ފަހަރަކު ޑޮކްޓަރަކު އެޓެންޑު ވަންދެން ތިބުމުގެ ބަދަލުގައި ބަލިމީހާގެ ވައިޓަލް ނެގުމާއިއެކު އޮކްސޖެން ދަށްކަން ފާހަގަވާ ހިސާބުން އޮކްސިޖެން ގުޅުމުގެ ހުއްދަ ނަރުހުންނަށް ދޭން ޖެހޭ.. މި ކޭސްގައިވެސް ޑޮކްޓަރު އޮކްސިޖެން ގުޅަން ހުއްދަ ދެންދެން ނަރުހުން ތިބެން ޖެހުނީ މަޑުކުރަން. ދެން ޕޭޝަންޓު ހެލްތު ފެސިލިޓީން ބޭރުކުރަން ޖެހޭނީ ގިނަވެގެން އެއް ގަޑިއިރުތެރޭ ފުލައިޓަށް އެރުވޭނެ ގޮތަށް އިންތިޒާމު ހަމަޖެހުން.. ކުންފުނީގެ ޕޮލިސީ އޮންނަ ގޮތުން ހާލުދެރަ ޕޭޝަންޓަކު ފުލައިޓަށް ނޭރުވި ރަންވޭމަތީގައި ފަހުނޭވާ ދޫކޮށްލަން ޖެހުން މީ މިޒަމާނުގައި ވަރަށް ދެރަ ކަންކަން..ވަރަށް ބޮޑެތި ސިސްޓަމް މައްސަލަތައް އެބަހުރި.
2 0

އަލަމީ

7 ފެބްރުއަރީ 2025
މަރުވުމުން ތަހްގީގު ހިންގާން ވާނީ ހެލްތު މިނިސްޓްރީން އެއް ނޫން. ތަހްގީގު ހިންގާން އެނގޭނެ ބަޔަކު އެތާ ނުތިބޭނެ. ޖިނާއީ ތަހްގީގަކީ ފުލުހުން ވަގުތުން ހިންގާންޖެހޭ ކަމެއް. ބަލާލުން މުހިއްމު ކީއްވެކަން ގއ. ހޮސްޕިޓަލުގައި ވަގުތީ ޒިންމާދާރު ވެރިއެއް 6 މަސް ވަންދެން ބަހަށްޓާފައި ހުރީ. އެތަން ހިންގާނެ މީހަކު ޒިންމާ ވާނެ މީހަކު ނެތް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް