ވިލިނގިލި މަތިން ނަގާފައިވާ ފޮޓޯއެއް - (ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ވިިލިނގިލީގައި ދެމައިން މަރުވުން: މައްސަލަ ބަލަން ޑޮކްޓަރު މާލެ ފޮނުވާލައިފި

ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ޝަމީމް "ދައުރު"އަށް ވިދާޅުވީ ނޭޕާލްގެ ފިރިހެން ޑޮކްޓަރު މާލެ ފޮނުވާލީ ހެލްތު މިނިސްޓްރީން އަންގައިގެން ކަމަށް
6 ފެބްރުއަރީ 2025
2

ގއ. ވިލިނގިލީގައި އިއްޔެ ވިހޭ އަންހެނަކު ދަރިފުޅާ އެކު މަރުވި މައްސަލާގައި ހޮސްޕިޓަލުގައި ފަރުވާ ދިން ޑޮކްޓަރު މާލެއަށް ފޮނުވާލަައިފި އެވެ.

ވީކިިހިނެއް؟ - މި ހާދިސާގައި މަރުވީ ވިލިނގިލީ ޝިއުނާ ތައުފީގާއި އޭނާގެ ތިން ވަނަ ދަރިފުޅެވެ. އިއްޔެ ހެނދުނު ވިހެއުމަށް ފަހު ވެސް ދެމައިން ހޭނާރަ އެވެ. އަދި ރެއާ ހަމައަށް ވެސް ވެންޓިލޭޓަރުގައި އޮތެވެ. 

ޝިއުނާ މަރުވީ މާލެ ގެންނަން ވެގެން ކޫއްޑޫ އެއާޕޯޓަށް ގެންގޮސް އިންދައި އެ ރަށުގަ އެވެ. ދަރިފުޅު މާލެ ގެނެވުނު ނަމަވެސް މާލޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އެވެ.

ތަފްސީލް - ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ޝަމީމް "ދައުރު"އަށް ވިދާޅުވީ މިއަދު ހެނދުނު ޑޮކްޓަރު މާލެ ފުރުވާލާފައިވާ ކަމަށެވެ. އެ ގޮތުން:

  • އެއީ ނޭޕާލް ފިރިހެން ޑޮކްޓަރެއް

  • އޭނާ މާލެ ފޮނުވީ ހެލްތު މިނިސްޓްރީން އަންގައިގެން

ބުނީ ކީކޭ؟ - "ހެލްތު މިނިސްޓްރީން ދަނީ މައްސަލަ ބަލަމުން. ހެލްތު މިނިސްޓްރީން އަންގައިގެން އޭނާ [ޑޮކްޓަރު] މާލެ ފޮނުވާލީ، މިއަދު ހެނދުނު ފްލައިޓެއްގައި ފޮނުވާލާފައިވާނެ،" މެނޭޖަރު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - މި ހާދިސާއާ ގުޅިގެން އެއާ އެމްބިއުލާންސް ލަސްވެފައިވާތީއާއި، ފަރުވާ ދިނުމުގައި ލަސްތަކެއް އުޅޭތީ އޭގެ ގިނަ ކަންބޮޑުވުންތަކެއް ވިލިނގިލި ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވެ އެވެ. އަދި ބައެއް މީހުން ހޮސްޕިޓަލް ދޮށަށް އެއްވެ އަޑު އުފުލާފައި ވެސް ވެ އެވެ.

ކޮމެންޓް (2)

އަލިމާ

6 ފެބްރުއަރީ 2025
ހޮސްޕިޓަލު ހިންގަނީ ތަޖުރިބާ ނެތް ސިޔާސީ މީހަކު. ޑިރެކްޓަރ އަދި ޒިންމާދާރު އިސްވެރިޔާ މަސްއޫލިއްޔަތު އަތުލާފައި ސިވިލް ސާރވިސް ކޮމިޝަނުން ބަހަށްޓާފައި ހުންނަތާ 6 މަސް. ހިންގާނެ މީހަކު ނެތް.
2 0

ހަސަން

7 ފެބްރުއަރީ 2025
@އަލިމާ ތިޔައީ ނުދައްކާ ވާހަކަ އެއް. މެނޭޖަރަކީ ހޮސްޕިޓަލް ހިންގަން ހުންނަ ސިޔާސީ މީހާ. ޒިންމާދާރު އިސްވެރިޔާއަކީ ޒިންމާ ވާން ހުންނަ މީހާ. ޒިންމާދާރު ވަގުތީ ވެރިޔަކު ހުރީ އެއީ އާދައިގެ މަގާމެއް ގައި ހުރިި މުވައްޒަފެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް