ހދ. ހިރިމަރަދޫ: އެ ރަށުގެ ގިނަ މީހުން މިހާރު ބޭނުން ވަނީ އެހެން ރަށަކަށް ހިޖުރަކުރަން (ފޮޓޯ/ ޒުވާން މަސްވެރިޔާ)
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި
ހދ. ހިރިމަރަދޫ ރައްޔިތުން، އެ އަތޮޅު ހަނިމާދުއަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ދިރިއުޅޭ އާބާދީގައި 300 ހަމަނުވާ ހިރަމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ.
ބުނީ ކީކޭ؟ - ހީނާ ވިދާޅުވި ގޮތުގައި މި ނިންމުން ނިންމާފައި ވަނީ ހިރިމަރަދޫ ރައްޔިތުންގެ އެދިވަޑައިގަތުމުގެ މަތިންނެވެ.
އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ހިރިމަރަދޫ ރައްޔިތުން ތުލުސްދުއަށް ބަދަލުކޮށްދިނުމަށްޓަކައި އެ ރަށު ކައުންސިލުން މިފަހުން ލޯކަލް ގަވަނަންސް މިނިސްޓްރީއާ މަޝްވަރާކޮށްފައިވެ އެވެ.
ހިމަރަދުއަކީ ހދ. އަތޮޅުގައި މީހުން މަދު އެއް ރަށެވެ. އެ ގޮތުން:
-
އެންމެ ފަހުން ނެގި 2022ގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅެނީ 293 މީހުން
-
ދިރިއުޅޭ މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 260 މީހުން
-
ހިރިމަރަދޫ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ އާބާދީއަކީ 584 މީހުން
ކޮމެންޓް (3)
ސިކުނޑި
ސޭކު ދޮންބެ
ސަލީމްބެ