10 ޑިސެމްބަރު 2024: އެމްޑީޕީން 'ގާނޫނުއަސާސީގެ ދިފާއުގައި' ނަމުގައި މިރޭ ބޭއްވި ޖަލްސާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ވަގު ފޯމުތަކުގެ މައްސަލަ ފުލުހަށާއި އޭސީސީއަށް އެމްޑީޕީން ހުށަހަޅައިފި

އެ މައްސަލަތައް ތަހުގީގު ކުރުމަށް އޭސީސީއާއި ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގައި ވެސް އެދިފައިވޭ
16 ޖެނުއަރީ 2025

އައިޑީކާޑުގެ ވެރިންނަށް ނޭނގި ޕީއެންސީއަށް ވައްދަން ވަގު ފޯމުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައި ޕްރޮސެސްކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

ކަމުގެ ފެށުން - ސަރުކާރު ހިންގާ ޕީއެންސީއަށް75،000 މެންބަރުން ހަމަކުރަން ބޮޑު ހަރަކާތެއް ހިންގަމުން ދަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންތަކެއް ހިމެނޭހެން އެ މީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ކަން ފެންމަތިވި އެވެ.

އޭގެ ފަހުން ސަރުކާރުގެ އޮފީހެއްގައި، ހޯމް މިނިސްޓަރު އަލީ އިހުސާނާާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ހިންގަވަން ހަވާލުކޮށްފައިވާ ސްޓޭޓް މިނިސްޓަރު އަހުމަދު އާލީއާއި މިނިސްޓްރީގެ މުވައްޒަފުންތަކެއް ޕީއެންސީއަށް ފޯމުތަކެއް ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

ވީކިހިނެއް؟ - އެމްޑީޕީގެ އެކްސް އެކައުންޓުން، އެ މައްސަލަތައް ފުލުހާއި އޭސީސީއަށް ހުށަހަޅާފައިވާ ކަން ހާމަކޮށް ޕޯސްޓެއް ކުރި އެވެ.

ތަފްސީލް - އެ މައްސަލާގައި އިތުރު ބައެއް ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން:

  • އެ މައްސަލަތައް ތަހުގީގު ކުރުމަށް އޭސީސީއާއި ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގައި އެދިފައިވޭ

  • ޕީއެންސީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކުރުން މަޑުޖައްސާލައި، ފޯމުތަކުގެ ސައްހަކަން އިތުރަށް ކަށަވަރު ކުރުމަށް އީސީގައި އެދިފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް