އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ފައްޔާޒު 2028ގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި

ފައްޔާޒު އިސްމާއިލް އެކަން އިއުލާނުކުރެއްވީ މިއަދު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި
23 ނޮވެމްބަރު 2024
2

ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު އެމްޑީޕީން ކެންޑިޑޭޓެއް ނެރުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހަފްތާގެ ތެރޭގައި ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށެވެ. ނަމަވެސް އޭރު ވިދާޅުވީ 2028ގައި ވާދަކުރައްވާނެ ކަމާ މެދު ގޮތެއް ނުނިންމަވާ ކަމަށެވެ. 

ތަފްސީލް - އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ފައްޔާޒު މިއަދު ވަނީ 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. އެ ކަމުގައި އޭނާއަށް ތާއީދުކޮށްދެއްވުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ފާހަގަކޮށްލެވޭ - ފައްޔާޒުގެ އިތުރުން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް އިވެ އެވެ.

ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، 2028އާ ގުޅޭ ގޮތުން ނިންމަވާފައިވާ ނިންމެވުން އަދި ހާމަކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ އިސް ބޭފުޅުން އެކަން އެނގިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުން ސަލާމަތްވެވަޑައިގެންފި ނަމަ، 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް (2)

ޕިސް

24 ނޮވެމްބަރު 2024
no one will vote you
0 0

އަލިބެ..

24 ނޮވެމްބަރު 2024
ތިކަން ފައްޔާޒަށް ވާކަށްނެތް. ވަރަށް ބޮޑައް މާފު. ޕާޓީގެ އަސްލު ގުރާސް ރޫޓުގައި ހިމެނޭ ޤާބިލު އާމޫނަކަށް ފުރުސަތު ދޭންޖެހޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް