ފިނޭންސް މިނިސްޓަރު މުސާ ޒަމީރު އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަނީ. (ފޮޓޯ/މަޖިލިސް)
ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 699 މިލިއަން އިތުރުކުރަން އެދިއްޖެ
ސަރުކާރުގެ ފަރާތުން އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައަޅާފައިވާ ބްލޮކް ގްރާންޓު ގާނޫނުގައިވާ ގޮތަށް ދިނުމަށްޓަކައި މަދުވާ ބައި، ކޮންޓިންޖެންސީ ބަޖެޓުން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހުގައި އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން މިދިޔަ ހަފްތާގައި ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކައުސިލްތަކަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. އެއީ ބެޖެޓުގެ %2 އެވެ.
ނަމަވެސް، ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ބަޖެޓުގެ %5 ބޮލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ބަޔާންކޮށްފައިވާތީވެ، އެއަށް ވުރެ މަދު އަދަދެއް މިފަހަރުގެ ބަޖެޓުގައި ދޭން ހިމަނާފައިވުމުން ކައުންސިލްތަކާއި ސިޔާސީ ޕާޓީތަކުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރި އެވެ.
އެއާ އެކު، ބަޖެޓު ފާސްވާއިރު، ގާނޫނުގައި ބުނާ އަދަދަށް ކައުންސިލްތަކަށް ފައިސާ ހަމަޖެހިގެންދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެ އެވެ. މިކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު މަޖިލީހަށް މިއަދު ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.
ތަފްސީލު - އެ ސިޓީ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. އެ ސިޓީގައި މިނިސްޓަރު ޒަމީރު ވިދާޅުވީ:
-
ހުށަހަޅާފައިވާ ބަޖެޓުގައި ބްލޮކް ގްރާންޓްގެ އަދަދު ހިސާބު ކުރުމުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މިންގަނޑުގައި ހިފަހައްޓަން ސަރުކާރުން ވަނީ ނިންމާފައި
-
އެހެންކަމުން، މި ބަދަލު ގެންނަން ބޭނުންވާނެ ކަމަށް ލަފާކުރާ 699.6 މިލިއަން ރުފިޔާ، ބަޖެޓުގެ ޖުމުލަ އަދަދު އިތުރު ނުވާނެ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ބަދަލުކުރާ ގޮތަށް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވި
މި ބަދަލާ އެކު، ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ.
ގުޅުން ހުރި ލިޔުންތައް ކިޔާލަން
ގާނޫނުގައި ބުނާ ވަރަށް ކައުންސިލްތަކަށް ބަޖެޓް ލިބޭނެ: ރައީސް
2 ނޮވެމްބަރު 2024
ބަޖެޓު އޮތީ ލާމަރުކަޒީ ގާނޫނާ ހިލާފަށް: ޑިމޮކްރެޓްސް
2 ނޮވެމްބަރު 2024
'ކައުންސިލްތަކަށް ދޭ ފައިސާ މަދުކުރީ ރައްޔިތުން ނިކަމެތި ކުރަން'
1 ނޮވެމްބަރު 2024
ކައުންސިލްތަކަށް ދޭ ފައިސާ މަދު ކަމަށް ބުނެ ކަންބޮޑުވުން
1 ނޮވެމްބަރު 2024
ކޮމެންޓް