ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ނައިބު ރައީސް އަހްމަދު ނާޒިމް

ޓީޖީއެސްޓީ ބޮޑު ކުރާ ބިލުގެ ބަހުސް 1 ދުވަހުން ނިންމައި މުޅި މަޖިލީހުގެ ކޮމިޓީއަށް

މިއަދުގެ މަޖިލިސް ޖަލްސާގައި ދޮޅު ގަޑިއިރަށް ބަހުސް ކުރި މި ބިލަށް ވާހަކަ ދައްކާފައި ވަނީ 15 ވަރަކަށް މެންބަރުން

ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ ބޮޑު ކުރުމަށްޓަކައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މިއަދު މަޖިލީހަށް ބަލައިގެނެ، މަސައްކަތް އަވަސް ކުުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް މި ބިލު ހުށަހެޅުއްވި އެވެ. މި ބިލުގެ ބަހުސް ފެށީ މިއަދުގެ ޖަލްސާގަ އެވެ. 

ތަފްސީލު - ގާތްގަނކަށް ދޮޅު ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ މި ބަހުސްގައި ވާހަކަދައްކަވާފައިވަނީ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 15 ވަރަކަށް މެންބަރުންނެވެ.

ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުން އެއަށް ތާއީދުކުރައްވާފައި ވަނީ 52 މެންބަރުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ހަތް މެންބަރުންނެވެ.

ބަލައިގަތުމަށް ފާސްވުމާ އެކު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވި ކަމަށް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ އިއުލާންކުރައްވާފަ އެވެ.

މުޅި މަޖިލިސް ކޮމިޓީއަށް އާންމު ގޮތެއް ބިލެއް ފޮނުވަނީ އެ ބިލެއްގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުންނެވެ.

މި އިސްލާހުގައިވާ ގޮތުން:

  • ޓީޖީއެސްޓީ ބޮޑުކުރަނީ %16 އިން %17އަށް

  • އެ ބަދަލު ގެންނަނީ އަންނަ އަހަރުގެ ޖޫން 1 އިން ފެށިގެން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް