މާލޭ ނީލަން ފިހާރަ ސަރަހައްދުގައި 9 ޖެނުއަރީ 2023 ވަނަ ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީ މަސައްކަތްތެރިން (ދައުރު ފައިލް ފޮޓޯ)
ބިދޭސީން ގެނެވޭ ލިމިޓް އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
އެއް ގައުމަކުން ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ 100،000 މީހުންގެ ލިމިޓް އުވާލުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މިއަދު އިސްލާހު ހުށަަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. ބިލު ހުށަހެޅުމުގެ ބޭނުމަކަށް އޮތީ:
-
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫގައި މިހާރު ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކޮށް، ގާނޫނު ތަންފީޒުކުރުުން އިތުރަށް ހަަރުދަނާ ކުރުމަށްޓަކައި ގެންނަ ޖެހޭ އިސްލާހުތައް ގެނައުން
ތަފްސީލު - އެއް ގައުމަކުން ބިދޭސީން ގެނެވޭނެ އަދަދު މިހާރު އަޮންނީ ސީދާ ގާނޫނުގައި ކަނޑައަޅާފަ އެވެ. އެއީ ގިނަވެގެން 100،000 މީހުންނެވެ. ނަމަވެސް، އިސްލާހު ހުށަހަޅާފައި ވަނީ، އެ އަދަދު ގާނޫނުގައި ކަނޑައެޅުމުގެ ބަދަލުގައި ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން އެ އަދަދު ކަނޑައެޅުމަށެވެ.
އެގޮތުން، އިސްލާހުގައި ބުނީ:
-
އެ ގަވައިދުގައި، އަހަރެއްގެ ތެރޭގައި ބިދޭސީންގެ ގެނޭވެނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނޭވެނެ އަދަދާއި ދާއިރާތައް ކަނޑައެޅިދާނެ ކަމަށް
-
އެގޮތަށް ކަނޑައެޅުމުގައި، އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް، ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތަކެއް ކަނޑައެޅިދާނެ ކަމަށް
މި އަދަދުތައް ކަނޑައަޅަން ވާނީ، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ސަބަބުން ގައުމުގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމެންޓަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން:
-
އެ އެސެސްމަންޓުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ގޮޮންޖެހުންތަކައި މުހިންމު ދާއިރާތަކަށް ބިދޭސީން ބޭނުންވާ މިންވަރާއި ރާއެްޖޭގައި އެހާތަނަށް ބިދޭސީން ވަޒީފާ އަދާކުރުމުންދާ މިންވަރާއި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މިންވަރު ދެނެގަންނަންވާނެ ކަމަށް ބުނެފައިވޭ
ބިދޭސީންނާ މެދު އިހުމާލުވާ މީހުންނަށް ބޮޑެތި ޖޫރިމަނާ
ބިދޭސީން ވަޒީފާ އަދާ ކުރުމަަށް ރާއްޖެ ގެނެސް، އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެންމެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފަ އެވެ.
މި އިސްލާހުގައި އަޅާނެ އިހުމާލުގެ އަމަލުތަކާއި އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެ އެވެ.
އަޅާނެ ފިޔަވަޅުތަކުގައި ހިމެނެނީ:
-
1-
ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު، އެ ފަރާތްތަކާ މެދު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުން
-
2-
އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ.ގެ މަގުން ޖޫރިމަނާ ކުރުން
-
3-
ތަކުރާރުކޮށް އިހުލާވުމުގެ އަމަލުތައް ހިންގާ ފަޒީފާ ދޭ ފަރާތް ޖޫރިމަނާ ކުރުމާ އެކު، ގާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ވަޒީފާ ދޭ ފަރާތްތަށް ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލުން؛ އޭގެ ތަފްސީލު ބަޔާން ކުރުން އޮތީ ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން
އިހުމާލުގެ އަމަލުތަކުގެ ގޮތުގައި ބަލަނީ:
-
1-
މުސާރަ ނުދިނުން
-
2-
ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަމުގައި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަނުކުރުން
-
3-
ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ނުވަތަ ރާއްޖެ ގެނައުމަށް ފަހު އެ މީހުންނާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވާ ގާނޫނާއި ގަވައިދާ ހިލާފު އަމަލުތައް ހިންގުން
-
4-
ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުވުން
އެއިން ކަމެއްކޮށްގެން ގާނޫނާ ހިލާފުވެއްޖެ ނަމަ، ވަޒީފާ ދޭ ފަރާތް 100،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބިލުގައި ބުނެ އެވެ.
މި އިސްލާހުގައި ވަރަށް ގިނަ ކަންކަން ހުރީ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކުން އެކަންކަން ކުރެވޭ ގޮތަށެވެ. އޭގެ ތެރޭގައި މިހާރު ވޯކްޕާމިޓް ފީގެ ގޮތުގައި ގާނޫނުގައި އޮތް މަހަކު 350ރ. ފީ އާއި ކޯޓާގެ ގޮތުގައި އަހަރަކަށް ދައްކަން ޖެހޭ 2،000ރ. ބޮޑު ކުރުން ވެސް ހިމެނެ އެވެ. އެގޮތުން، އިސްލާހުގައި ބުނީ:
-
އެ ދެ ބާވަތުގެ ފީ މަދުވެގެން ތިން އަހަރަކުން އެއް ފަހަރު އަދި ގިނަވަގެން ދޮޅު އަހަރުގެ މުއްދަތަށް ވުރެ ކުރު ނުވާނެ ގޮތެއްގެ މަތިން މުރާޖައާކޮށް، އެ ފީއަށް ބަދަލު ގެނެވިދާނެ
-
އެގޮތަށް މުރާޖާކުރުމަށް ފަހު، ކަނޑައަޅާ ފީ އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ %30އަށް ވުރެ އިތުރުވެގެން ނުވާނެ
ބިލުގައިވާ ގޮތުން މި ބަދަލުތަކަށް އަމަލު ކުރަން ފަށަން އޮތީ ގާނޫނަކަށްވެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. އަދި އެ ތާރީހުން ފެށިގެން ހަދަން ޖެހޭ ގަވައިދުތައް ތިން މަސް ތެރޭ ހަދަން ވާނެ ކަމަަށް ބަޔާންކޮށްފައިވެ އެވެ.
ކޮމެންޓް (2)
ސިކުނޑި
ރާސްޓަސް