ފިނޭންސް މިނިސްޓްރީގެ ބައެއް އިސް ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުން --

ފިނޭންސް މިނިސްޓްރީގައި 15 ސިޔާސީ މީހުން؛ މަހަކު ބައި މިލިއަން ހަރަދުކުރޭ

ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި އެކަނިވެސް ހަތް މީހަކު އައްޔަންކޮށްފައިވާއިރު، އެ މީހުންގެ މަހު މުސާރަ ދެ ލައްކައަށް އަރާ

ފިނޭންސް މިނިސްޓްރީގައި މިނިސްޓަރާ އެކު ޖުމްލަ 15 ބޭފުޅަކު ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ފާހަގަކޮށްލެވޭ - އެ މީހުން މުސާރައަށް މަހަކު  ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.

ވީ ކިހިނެއް؟ - މިކަން ހާމަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި މަހުގެ ދެ ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ހޯދުމަށް 'ދައުރު'ން އެ މިނިސްޓްރީގައި އެދުމުން އިއްޔެ އެ މިނިސްޓްރީން ފޮނުވި ޖަވާބުންނެވެ. 

ތަފްސީލު - 'ދައުރު'ން އެދިފައި ވަނީ، މިދިޔަ ނޮވެމްބަރު އިން ފެށިގެން މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީއަށް އައްޔަންކޮށްފައި ތިބި ސިޔާސީ ބޭފުޅުންގެ އަދަދާއި އެމީހުންގެ މުސާރަތަކުގެ ތަފްސީލް ހޯދުމަށެވެ.

އެ މިނިސްޓްރީން ފޮނުވި މައުލޫމާތުތަކުގައިވާ ގޮތުގައި:

  • މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ކާރު އެލަވަންސާ އެކު މަހަކު 66،000ރ. ލިބޭ

  • މިނިސްޓަރަށް ލަފާ ދިނުމަށް މިނިސްޓަރު ފެންވަރުގައި އައްޔަންކޮށްފައިވާ ކުރީގެ ގަވަރުނަރު އަލީ ނަސީރާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް މަހަކު 58،500ރ. ލިބޭ؛ އެ ދެ ބޭފުޅުން ކާރު އެލަވަންސެއް ނުދޭ 

އޭގެ އިތުރުން ދެން ހުރި މަގާމުތަކަށް:

  • ސްޓޭޓް މިނިސްޓަރުގެ ގޮތުގައި އައްޔަންކޮށްފައި ވަނީ ތިން ބޭފުޅުން؛ އެ މަގާމުގެ މުސާރައަކީ، 43،500ރ.

  • ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި 7 ބޭފުޅަކު އައްޔަންކޮށްފައިވޭ؛ އެ މަގާމުގެ މުސާރައަކީ، 31،500ރ.

  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި އެއް ބޭފުޅަކު އައްޔަންކޮށްފައިވޭ؛ އެ މަގާމުގެ މުސާރައަކީ، 25،500ރ.

  • މިނިސްޓަރުގެ ޕާސަންލް އެސިސްޓެންޓް؛ އެ މަގާމުގެ މުސާރައަކީ، 20،500ރ.

އެ ހުރިހާ އެންމެންގެ ޖުމްލަ މުސާރައަކީ މަހެއްގެ މައްޗަށް 580،000ރ. އެވެ. އެއީ، އަހަރަކަށް ބަލާނަމަ ގާތްގަނޑަކަށް 7 މިލިއަން ރުފިޔާ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުހައްމަދު މުއިއްޒުގެ ވައުދަކީ، ސިޔާސީ މަގާމުތަކުގެ އަދަދު 700ގައި ހިފެހެއްޓުމެވެ. ނަމަވެސް މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ ތެރެއިން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ފަދަ ބޮޑު މުސާރަ ލިބޭ މަގާމުތައް މި ސަރުކާރުގައި އިތުރެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ގުޅުންހުރި - ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް މުސާރަތަކާއި ޕެންސަނަށް މި ސަރުކާރުން ކޮށްފައިވާ ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތައް ވުރެ 300 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެއީ %10ގެ އިތުރުވުމެކެވެ. 

ކޮމެންޓް (2)

profile-image-placeholder

މޫސަލް

29 އޭޕްރީލު 2024
އެމްޑީޕީ ސަރުކާރު އިރު ދައުލަތް ދަވާލިބަލާއިރު ، ބައި މިލިއަން ތިއީ އެއްވެސް އެއްޗެއް ނޫން. އެހެން ނޫނަސް ތިތާ ތިބި މީހުންނަކީ ވަރަށް ތަޖްރިބާ ހުރި ފަންނީ ގާބިލު ތަޢުލީމީ މީހުންނެވެ. ތީގެ ފައިދާ ކުރާކަން ވެސް މިހާރުވެސް އެބައެނގެއެވެ. ދައުލަތަށް ލިބޭ އާމްދަނީ އަކުން ޚަރަދު ތައް ހަމަޖައްސަމުން މިދަނީ.

ޚާދިމް

29 އޭޕްރީލު 2024
އެންވާރަމަންޓްގެ ހާލަތު ބަލައިލުން ރަނގަޅު ކަންނޭނގެ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް