ޓުއަރިޒަމް މިނިސްޓްރީގެ ބައެް އިސްވެރިން ރަސްމީ ބައްދަލުވުމެއްގެ ތެރެއިން: އެ މިނިސްޓްރީއަށް 25 ބޭފުޅަކު އައްޔަންކޮށްފައިވޭ (ފައިލް ފޮޓޯ/ ޓުއަރިޒަމް މިނިސްޓްރީ)

ޓުއަރިޒަމް މިނިސްޓްރީގައި 25 ސިޔާސީ މީހުން؛ މަހަކު 7 ލައްކަ ރުފިޔާ

11 ޑެޕިއުޓީ މިނިސްޓަރަކު ޓޫރިޒަމް މިނިސްޓްރީއަށް ވަނީ އައްޔަންކޮށްފައި

ޓުއަރިޒަމް  މިނިސްޓްރީގައި މިނިސްޓަރާ އެކު ޖުމްލަ 25 ބޭފުޅަކު ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާކަން ހާމަވެއްޖެ އެވެ. އަދި އެ މީހުން މުސާރައަށް މަހު މަހަކު 704،000ރ. ހަރަދު ކުރެ އެވެ. 

ވީ ކިހިނެއް؟ - މިކަން ހާމަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި މަހުގެ ދެ ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ހޯދުމަށް 'ދައުރު'ން އެ މިނިސްޓްރީގައި އެދުމުން މިއަދު އެ މިނިސްޓްރީން ފޮނުވި ޖަވާބުގަ އެވެ. 

ތަފްސީލު - 'ދައުރު'ން އެދިފައި ވަނީ، 17 ނޮވެމްބަރު 2023އިން ފެށިގެން މި މަހު 2 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީއަށް އައްޔަންކޮށްފައި ތިބި ސިޔާސީ ބޭފުޅުންގެ އަދަދާއި އެމީހުންގެ މުސާރަތަށް ހޯދުމަށެވެ.

މިނިސްޓްެރީން ދިން ޖަވާބުން އެނގޭ ގޮތުގައި:

  • މިނިސްޓަރު އިބްރާހިމް ފައިސަލްއަށް 66،000ރ. މުސާރައަށް ލިބޭ

  • ސްޓޭޓް މިނިސްޓަރުގެ ގޮތުގައި އައްޔަންކޮށްފައި ވަނީ ދެ ބޭފުޅުން؛ އެ މަގާމުގެ މުސާރައަކީ، 43،500ރ.

  • ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި 11 ބޭފުޅަކު އައްޔަންކޮށްފައިވޭ؛ އެ މަގާމުގެ މުސާރައަކީ، 31،500ރ.

  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 9 ބޭފުޅަކު އައްޔަންކޮށްފައިވޭ؛ އެ މަގާމުގެ މުސާރައަކީ، 25،500ރ.

  • ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފައިވޭ؛ އެ މަގާމުގެ މުސާރައަކީ، 20،500ރ.

ކޮމެންޓް (3)

profile-image-placeholder

އަހަންމަދާ

24 އޭޕްރީލު 2024
އަހަރެން ދެކޭ ގޮތުގައި ގިނަ ރައްޔިތުންނަށް މުސާރަ ލިބުމަކީ އުފަލެއް. އެއީ ޕޮލިޓިކަލް ވެގެން ވިޔަސް ސިވިލް ސާރވިސް ވިޔަސް. އެއީ ހަމަ ކޮންމެސް އާއިލާއަކަށް ލިބޭ ފައިސާ އަދި ހަމަޖެހުން. ވަކި މީހަކަށް ލިބުމުގެ ބަދަލުގައި ގިނަ ވަޒީފާ ހޯދޭނެ ލިބޭނެ ގޮތަކަށް މަސައްކަތް ކުރަންވީ.

ހޯހޯ އަހުމަދު

18 އޭޕްރީލު 2024
މިކަހަލަ ވަކިކޮޅަކަށް ބުރަނުވެ ހަޤީޤަތް ކޮންމެދުވަހަކުމެ ހާމަކުރަމާތޯ! އަދިހަމަ އެމީހުންގެ ވަޒީފާގެ ޒިންމާތަކާއެކު. މިވެސް ބުނެވޭނީ ޤައުމަށް ޙިޔާނާއްތެރިވުމޭ.

ނައީމްބެ

18 އޭޕްރީލު 2024
ތިމާވެށި ވުޒާރާގަ ކިހާ ސިޔާސީ މަޤާމެއްބާ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް