ދިއްދޫ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރުން (ފޮޓޯ/އެމްޓީސީސީ)

ދިއްދޫ ގައި އެއާޕޯޓު އަޅަން ވެސް އެމްޓީސީސީއަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ވެސް ދެ އެއާޕޯޓެއްގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި

ހއ. ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ؛

  • ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސްޓޭޓު މިނިސްޓަރު އިސްމާއިލް ހަމީދު

  • އެމްޓީސީސީގެ ފަރާތުން ސީއީއޯ އަބްދުﷲ ޒިޔާދު

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން ދިއްދޫގައި 1،500 މީޓަރުގެ ރަންވޭއަކާ އެކު އެއާޕޯޓަށް ބޭނުންވާ ޕެސެންޖާ ޓާމިނަލް އާއި ފަޔާ ބިލްޑިން އަދި އެޑްމިން އޮފީސް އަޅާނެ އެވެ. މީގެ އިތުރުން ފަޔާ ޕޮންޑް ގާއިމްކޮށް އެއާފީލްޑް ލައިޓިން ސިސްޓަމް ހަރުކުރާނެ އެވެ.

މި މަޝްރޫއުގެ އަގަކީ 257.21 މިލިއަން ރުފިޔާ އެވެ.

ދިއްދޫ އެއާޕޯޓަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެނގުން މުހިއްމު - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ދެ އެއާޕޯޓެއްގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ތިން އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭ ހެދުމަށް ވެސް މިދިޔަ ބުރާސްފަތި ދުވަހު އެމްޓީސީސީއާ ހަވާލުކުރި އެވެ.

ކޮމެންޓް (1)

profile-image-placeholder

ސިކުނޑި

20 އޭޕްރީލު 2024
މަސައްކަތް ކުރުމުގެ ތަކެއްޗެއްވެސް، ގަސްތެއްވެސް، ނިޔަތެއްވެސް އަދި ފައިސާއެއްވެސް ނެތި ރައްޔިތުން ގުނބޯ ހައްދަން ކުރާ ކަންކަންމީ! ހުސްގޮނޑި ދެއްކިގޮތަށް މަކަރާއި ހީލަތުން ހިލާ ތިކަމެއް ނުވާނެ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް