ށ. ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)

ވިލުފުއްޓާއި ބިލެތްފަހީގައި އެއާޕޯޓު އަޅަން އެމްޓީސީސީ އަށް

ކޮންސްޓްރަކްޝަން މިނިސްޓްރީ އިން މިއަދު ވަނީ ށ. ކޮމަންޑޫ އާއި ތ. ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ސާވޭ ކުރުމާއި އީއައިއޭގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފައި

ތ. ވިލުފުއްޓާއި ށ. ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ދެ ރަށުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތުގައި މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެމްޓީސީސީ އާ ދެމެދު ވަނީ މަސައްކަތުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

ތަފްސީލް - ބިލެތްފަހި އެއާޕޯޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ

  • ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އިބްރާހިމް ނަޒީމް

  • އެމްޓީސީސީގެ ފަރާތުން ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ

މި އެއްބަސްވުމުގެ ދަށުން ބިލެތްފަހީގައި1،500 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓަށް ބޭނުންވާ ޕެސެންޖާ ޓާމިނަލް އާއި އޮފީސް އިމާރާތް އަދި ފަޔާ ބިލްޑިން އަޅާ، ފަޔަޕޮންޑު ގާއިމްކޮށް އެއާފީލްﷲް ލައިޓިން ސިސްޓަމް ގާއިމް ކުރާނެ އެވެ.

  • މި މަސައްކަތުގެ އަގަކީ 256 މިލިއަން ރުފިޔާ

ތ. ވިލުފުށި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)

ވިލުފުށި އެއާޕޯޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ

  • ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުގެ ފަރާތުން؛ ސްޓޭޓު މިނިސްޓަރު ހަސަން ރަޝީދު

  • އެމްޓީސީސީގެ ފަރާތުން؛ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފް

މި އެއްބަސްވުމުގެ ދަށުން ވިލުފުށީގައި 1،800 މީޓަރުގެ ރަންވޭ އަކާއެކު އެއާޕޯޓަށް ބޭނުންވާ ޕެސެންޖާ ޓާމިނަލް އާއި ފަޔަބިލްޑިން އަދި އެޑްމިން އިމާރާތް އަޅާ އެއާފީލްޑް ލައިޓިން ސިސްޓަމް ގާއިމު ކުރާނެ އެވެ.

  • މި މަސައްކަތުގެ އަގަކީ 277 މިލިއަން ރުފިޔާ

ފާހަގަ ކުރެވޭ - ކޮންސްޓްރަކްޝަން މިނިސްޓްރީ އިން މިއަދު ވަނީ ށ. ކޮމަންޑޫ އާއި ތ. ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ސާވޭ ކުރުމާއި އީއައިއޭގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފަ އެވެ.

ސަރުކާރުގެ ސިޔާސަތަކީ މީހުންދިރިއުޅޭ ރަށަކުން ނޫނީ ރިސޯޓަކުން ނޫނީ ސިނާއީ މަސައްކަތް ކުރާ ރަށަކުން ފުރައިގެން30 މިނެޓުން ދެވޭ ސަރަހައްދުގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީ ކުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް