ތ. ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ސާވޭ އާއި އީއައިއޭގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރުން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)
ކޮމަންޑޫ އާއި ގުރައިދޫ އެއާޕޯޓުގެ ސާވޭ މަސައްކަތް އެމްޓީސީސީ އަށް
ށ. ކޮމަންޑޫ އާއި ތ. ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ސާވޭ ކުރުމާއި އީއައިއޭގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ދެ ރަށުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތުގައި މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެމްޓީސީސީ އާ ދެމެދު ވަނީ މަސައްކަތުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
ތަފްސީލް - ކޮމަންޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ސާވޭ ކުރުމާއި އީއައިއޭ ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ
-
އެމްޓީސީސީގެ ފަރާތުން ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ
-
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސްޓޭޓު މިނިސްޓަރު އިބްރާހިމް ނަޒީމް
ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ސާވޭ ކުރުމާއި އީއައިއޭ ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ
-
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
-
އެމްޓީސީސީގެ ފަރާތުން ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފް
ފާހަގަ ކުރެވޭ - ކޮމަންޑޫ އެއާޕޯޓާއި ގުރައިދޫ އެއާޕޯޓަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ސަރުކާރުގެ ސިޔާސަތަކީ މީހުންދިރިއުޅޭ ރަށަކުން ނޫނީ ރިސޯޓަކުން ނޫނީ ސިނާއީ މަސައްކަތް ކުރާ ރަށަކުން ފުރައިގެން30 މިނެޓުން ދެވޭ ސަރަހައްދުގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީ ކުރުމެވެ.