އައްޑޫ، 12 އޭޕްރީލް 2024 - ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި އައްޑޫއަށް ވަޑައިގެން އާއްމުންނާ ސަލާމްކުރައްވަނީ. (ފޮޓޯ/ޕީއެންސީ)

އައްޑޫ ކަރަންޓު އަޕްގްރޭޑް ވެގެން އެ ދަނީ 20 އަހަރު ވަންދެން އެކަމާ ކަންބޮޑުވާން ނުޖެހޭ ފެންވަރަށް: ރައީސް

ރައީސް ވިދާޅުވީ އައްޑޫގެ ކަރަންޓު އަޕްގްރޭޑިން މަސައްކަތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް

އައްޑޫގެ ކަރަންޓް އަޕްގްރޭޑް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރަމުން އަންނަނީ 20 އަހަރު ދުވަހަށް އައްޑޫގެ ކަރަންޓުގެ މައްސަލައާ މެދު ކަންބޮޑުވާން ނުޖެހޭ ފެންވަރުގެ މަސައްކަތެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓް ނެޓްވޯކު އަޕްގްރޭޑު ކުރަން ޗައިނާގެ 'ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން'އާ ހަވާލުކޮށްފައިވަނީ އިއްޔެ އެވެ. އެ ރަށްރަށުން ތަކުރާރުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

ތަފްސީލް - އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ހިތަދޫ މެދު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ އަހުމަދު އަޒާންގެ ކެމްޕޭނަށް، މާލޭގައި އުޅޭ އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އައްޑޫގެ ކަރަންޓް އަޕްގްރޭޑިން މަސައްކައްތާ އެކު، އެ ސިޓީއަށް ދިމާވާ ކަރަންޓުގެ  މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

"އެ މަޝްރޫއު ނިމުނީމައި އައްޑޫ ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްވެގެން އެ ދަނީ ދެން ކުރިއަށް އޮތް 20 އަހަރު ދުވަހަށް އިރާދަކުރެއްވިއްޔާ ދެން އެކަމާ ވޮރީވާން ނުޖެހޭ ފެންވަރަށް،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - އައްޑޫގެ ކަރަންޓް އަޕްގްރޭޑިން މަސައްކަތުގެ ދަށުން:

  • ހިތަދޫގައި އަލަށް 32 މެގަވޮޓުގެ އިންޖީނުގެއެއް ގާއިމުކުރާނެ

  •  ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރާނެ

  • މި މަޝްރޫއުގެ އަގަކީ 59 މިލިއަން ޑޮލަރު؛ ފެނަކަ އިން ފައިސާ ދައްކަން 12 އަހަރު ލިބޭނެ

ގުޅުންހުރި - ގިނަ ދުވަަސްތަކެއް ވަންދެން ހައްލުނުވެ އޮތް އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް މި މަސްތެރޭ ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް