އައްޑޫގެ ހުޅުދޫ ފޮޓޯއެއް --- ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

އައްޑޫ

މުޅި އައްޑޫން ކަރަންޓް ކެނޑުމުން އަލުން ހިދުމަތް ދީފި

ފެނަކައިން ބުނީ އެރަށުން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް

މުޅި އައްޑޫން މިރޭ ކަރަންޓް ކެނޑުމާ އެކު ފެނަކައިން އެ ރަށަށް އަލުން ކަރަންޓް ދީފި އެވެ. 

ވީ ކިހިނެއް؟ - ފެނަކައިން ބުނިގޮތުގައި މިރޭ 8:30 އެހާއިރު މުޅި އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށްތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. 

ތަފްސީލް - ފެނަކައިން ބުނި ގޮތުގައި ކަރަންޓް ކެނޑުމާ އެކު ކުރި މަސައްކަތުން މިރޭ 9 ޖަހާކަންހާއިރު ވަނީ އަލުން އެ ރަށަށް ކަރަންޓް ދީފަ އެވެ. 

އެކަމަށް މާފަށް އެދެމުން ފެނަކައިން ބުނީ ކަރަންޓް ކެނޑެން ދިމާވީ ޓެކްނިކަލް މައްސަލައަކުން ކަމަށާއި އެކަން މިހާރު ރަނގަޅު ކުރެވިފައިވާ ކަމަށެވެ. 

އެނގުން މުހިންމު - ފެނަކައިން އައްޑުއަށް ފޯރުކޮށްދޭ ފެނުގެ ހިދުމަތް ވެސް މިދިޔަ ޑިސެމްބަރު މަހު ތެރޭ ކެނޑުނެވެ. އެ މައްސަލަ ކުރިމަތިވީ ފެން ޕްލާންޓުގެ ކަރަންޓް ބޯޑަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް