އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލު ކުރުން (ފޮޓޯ/އިންފްރާސްޓްރަކްޗާ މިނިސްޓްރީ)

ފެނާއި ނަރުދަމާ

އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑު ކުރަން އެމްޑަބްލިއުއެސްސީއަށް

މި މަޝްރޫއުގެ އަގު 282 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން ބުނި

އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑު ކުރުމުގެ މަސައްކަތް، 282 މިލިއަން ރުފިޔާއަށް، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ

  • އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން؛ ސްޓޭޓު މިނިސްޓަރު އިބްރާހިމް ތޮއާމު މުހައްމަދު

  • އެމްޑަބްލިއުއެސްސީގެ ފަރާތުން؛ އެމްޑީ އަބްދުލް މަތީނު މުހައްމަދު

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގައި؛

  • 3 އާރުއޯ ޕްލާންޓު ބެހެއްޓޭ ގޮތަށް ލެބޯޓްރީއަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން ވޯކްޝޮޕަކާއި އޮފީސް އަދި ސްޓޯރޭޖު ޖާގަ ހިމެނޭ އާ އިމާރާތެއް އަޅާނެ

  • ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމް ކުރާނެ

  • ދުވާލަކު 1،500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓު، އެނާޖީ ރިކަވަރީ ސިސްޓަމަކާ އެކު ބަހައްޓާނެ

  • ފެން ރައްކާކުރުމަށް 13،000 ޓަނުގެ ސްޓޯރޭޖު އިތުރު ކުރާނެ

  • 6 ބޯހޯލް ތޮރުފާނެ

  • 100 ކިލޯވޮޓުގެ ސޯލާ ހަރުކުރާނެ

  • ލެބޯޓްރީއަށް ބޭނުންވާ އިކުއިޕްމެންޓު ފޯރުކޮށްދޭނެ

  • މުޅިން އާ ބްރައިން އައުޓްޓްފްލޯ ގާއިމްކުރާނެ

ހުޅުމީދޫގައި؛

  • 3 އާރުއޯ ޕްލާންޓު ބެހެއްޓޭ ގޮތަށް ލެބޯޓްރީއަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން ވޯކްޝޮޕަކާއި އޮފީސް އަދި ސްޓޯރޭޖު ޖާގަ ހިމެނޭ އާ އިމާރާތެއް އަޅާނެ

  • ޑިސްޓްރިބިއުޝަން ސެންޓަރުތައް ގާއިމް ކުރާނެ

  • ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓު، އެނާޖީ ރިކަވަރީ ސިސްޓަމަކާއެކު ބަހައްޓާނެ

  • ފެން ރައްކާ ކުރުމަށް 3،000 ޓަނުގެ ސްޓޯރޭޖު އިތުރު ކުރާނެ

  • 75 ކިލޯވޮޓުގެ ސޯލާ ހަރުކުރާނެ

  • ލެބޯޓްރީއަށް ބޭނުންވާ އިކުއިޕްމެންޓު ފޯރުކޮށްދޭނެ

  • މުޅިން އާ ބްރައިން އައުޓްޓްފްލޯ ގާއިމްކުރާނެ

މި ޕްރޮޖެކްޓް ހަވާލުކުރީ 1 އަހަރުން ނިންމާ ގޮތަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް