އައްޑޫގެ ކަރަންޓު ނެޓްވޯކު އަޕްގްރޭޑު ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާކު ކުރުން (ފޮޓޯ/ފެނަކަ)

އައްޑޫ ކަރަންޓް ނެޓްވޯކް އަޕްގްރޭޑު ކުރަން ޗައިނާ ކުންފުންޏަކަށް

ފެނަކަ އިން ބުނީ އެ މަސައްކަތާ އެކު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދޭނެ ކަމަށް

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓް ނެޓްވޯކު އަޕްގްރޭޑު ކުރަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

  • ފެނަކަގެ ފަރާތުން އެއްބަސްވުމުގައިި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

  • ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ސަން ޒެންޕިންގް

ތަފްސީލް- ފެނަކަ އިން ބުނީ އެ މަސައްކަތާ އެކު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދޭނެ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން

  • ހިތަދޫގައި އަލަށް ގާއިމުކުރާ 32 މެގަވޯޓުގެ އިންޖީނުގެ ގާއިމުކުރާނެ

  •  ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރާނެ

  • މި މަޝްރޫއު ނިމޭއިރު ކުރިއަށް އޮތް 20 އަހަރަށް އެކަށީގެންވާ ވަރަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރެވޭނެ

  • މި މަޝްރޫއުގެ އަގަކީ 59 މިލިއަން ޑޮލަރު؛ ފެނަކަ އިން ފައިސާ ދައްކަން 12 އަހަރު ލިބޭނެ

ފެނަކަ އިން ބުނީ އެ މަޝްރޫއު ދޮޅު އަހަރުގެ ތެރޭގައި ނިންމާ ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް