މާލެ-ހުޅުމާލެ ހައިވޭ: މާލެ ސަރަހައްދަށް މިއަދަކީ ހޫނުކަން އިހުސާސްވިލެއް ވަރަށް މަތީގައި ހުރި ދުވަހެއް
މާލޭ ސަރަހައްދަށް އިހުސާސްކުރެވުނު ހޫނުމިން 46 ޑިގްރީއަށް
މި ދުވަސްވަރު ހޫނު ގަދަކަމުގެ ޝަކުވާ ބޮޑެވެ. އެ ޝަކުވާ އެ އަންނަނީ މޫސުން ހަމަ އެގޮތަށް ބަދަލުވާތީ އެވެ. އެކަން މިއަދު މާލޭ ސަރަހައްދުގެ ހޫނުމިނުން އެނގެ އެވެ.
މެޓް އޮފީހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު މިއަދު 11 ޖެހިއިރު މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 46.3 ޑިގްރީ ސެލްސިލަސްއަށް އެރި އެވެ. މިއީ ރެކޯޑް މިންވަރެކެވެ.
އެ މިންވަރު މެންދުރު ފަހަށް ޖެހިލިއިރު ވަނީ 46 ޑިގްރީ ސެލްސިއަސް ތިރިވެފަ އެވެ. އެކަމަކު މިއީ ވެސް ރެކޯޑެކެވެ.
މިދިއަ އަހަރުގެ އެޕްރީލް މަހު ހޫނުކަން އިހުސާސްކުރެވޭ މިންވަރު 40 ޑިގްރީއަށް ވުރެ މައްޗަށް ހިނގައިދާނެތީ ބޭރަށް ނުކުމެ އުޅުމުގައި ރައްކާތެރިވާން ވެސް މެޓު އޮފީހުން އެދުނެވެ.
އަދި މިދިއަ މަހު ކުރީކޮޅު މެދު ރާއްޖެތެރޭގައި ހޫނުމިން އިހުސާސްކުރެވޭ ހޫނުމިން 42 ޑިގްރީއަށް އެރި އެވެ.
މިއަދު ހޫނުމިން އިހުސާސްކުރެވޭ ވަރު 46.3 ޑިގްރީއަށް އެރި އިރު މިއީ ރާއްޖެއަށް އާންމުކޮށް އެންމެ ހޫނު ގަދަވާ ދުވަސްވަރެވެ. އެކަމަކު ހޫނުކަން މިހާ މައްޗަށް ދާން ޖެހޭ އަނެއް ސަބަބަކީ މިއީ އަލްނީނޯގެ އަހަރަށް ވެސް ވުމެވެ.