ހޫނު ގަދަ ދުވަހެއްގައި އއ. ފެރިދޫގައި ބަޔަކު، ގަހެއްގެ ދޮށުގައި މަޑުކޮށްލައިގެން

މިއީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރު؛ ހޫނުމިން އިހުސާސްކުރެވޭ ވަރު މެދު ރާއްޖެ ތެރޭގައި ހުރީ 42 ޑިގްރީގައި

މި އަހަރުގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބަކަށް އަލްނީނޯ ވާނެ ކަމަށް ވެސް މެޓު އޮފީހުން ބުނޭ

 މިއީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށާއި މިއަދު މެދު ރާއްޖެތެރޭގެ ރަށްތަކުގެ މީހުންނަށް ހޫނުމިން އިހުސާސްކުރެވޭ ވަރު 42 ޑިގްރީއަށް އެރި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟- ކޮންމެ އަހަރެއްގެ ވެސް މާޗު އާއި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރެވެ. މެޓު އޮފީހުން ބުނިގޮތުގައި ވައިގެ ހޫނުމިނަށް ވުރެ، އިހުސާސްކުރެވޭ ހޫނުމިން މި ދުވަސްވަރު ގަދަވެ އެވެ. އެއީ:

  • ވިލާ މަދުވުމާއި ވައި މަޑުވުން

  • ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުން

ތަފްސީލު- މެޓުން ބުނީ މިއީ އަލްނީނޯ ނުވަތަ ކަނޑުގެ މަތީފަށަލަ ހޫނުވެ، އޭގެ އަަސަރު ބޮޑުވާނެ ކަމަށް ބެލެވޭ އަހަރެއް ކަމަށެވެ. އެހެންވެ، އެއާ ގުޅިގެން ވެސް ހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑެވެ.

އެތަނުން ބުނިގޮތުގައި މިއަދު ހޫނުމިން އެންމެ މައްޗަށް ދާނީ މެންދުރު ފަހު ދޭއްގެ ފަހުންނެވެ.

އެނގުން މުހިއްމު- މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ހޫނުގަދަވި އެވެ. އެއާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު ރެކޯޑް މިންވަރަކަށް އިތުރުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް