ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ދިވެހި މަސްދޯނިތަކަށް އެރުނީ އޮޅިގެން ކަމަށް އިންޑިއާއިން ޖަވާބުދީފައިވޭ: ގައްސާން

ދޯނިތަކަށް އަރާފައި ވަނީ "ސެޓެލައިޓް ފޯނު އެ ދޯނިތަކުގައި ބޭނުންކުރާތީ ކަމަށް" އެ ދޯނިތަކަށް އެރި އިންޑިއާ ސިފައިން ދޯނީގައި ތިބި މަސްވެރިން ކައިރީ ބުނެފައިވޭ

ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ، ދިވެހި މަސް ދޯނިތަކަށް އެރި މައްސަލައިގައި އިންޑިއާއިން މިހާރު ޖަވާބުދާރީވެފައިވާ ކަމަށާއި އެ ގައުމުން ދިން ޖަވާބަކީ، "މިސް ކޮމިއުނިކޭޝަން"އެއް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން- މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު އިންޑިިއާގެ ކޯސްޓް ގާޑުގެ ދެ އުޅަނދަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ އުތުރުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން މަސް ދޯންޏަކަށް ވަނީ ހަތިޔާރާ އެކު އަރައި ބަލައި ފާސްކޮށްފަ އެވެ. އެގޮތުން:

  • އެއާ އެކު ޖެހިގެން އައި ދުވަހު ދިވެހި ސަރުކާރުން ވަނީ އެ އަމަލު ހިންގަން ޖެހުނު ސަބަބު ބުނެދިނުމަށް އެދި އެ ގައުމުގެ ސަރުކާރުގައި އެދިފައި

  • ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް އޭގެ ސަބަބު އާންމުންނަށް އޮތީ ތިލަ ނުވެ

ވީ ކިހިނެއް؟ - އިންޑިއާއިން މިކަމުގައި ޖަވާބުދާރީވެފައިވާކަން ގައްސާން މަޖިލީހުގައި  ވިދާޅުވީ މަސް ދޯނިތަކަށް އެރި މައްސަލައިގައި ކަންކަން ސާފުކުރުމަށް ހާޒިރުކުރުމުން، މެމްބަރުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ތަފްސީލު - މަޖިލީހުގެ ޖަލްސާގައި ގައްސާން ހާމަކުރެއްވީ އެ ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ ކަންކަމެވެެ. އާ ވާހަކައެއްގެ ގޮތުގައި ވިދާޅުވީ އިންޑިއާއިން ދިން ޖަވާބެވެ. 

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދުވަހުގެ ބޯޑިން ހަރަކާތް ހިނގީ، މިސްކޮމިއުނިކޭޝަންއަކާ ހެދި ކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދެއްވާފައި އެބަ އޮތް،" ގައްސާން ވިދާޅުވި އެވެ.

"އެއީ، ރާއްޖޭގެ ކޯސްޓް ގާޑަށް އެ މައުލޫމާތު ނުދީ، އެކަން ހިނގީ މިސްކޮމިއުނިކޭޝަނެއްގެ ތެރެއިން."

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ގައްސާން ވިދާޅުވީ ރަސްމީކޮށް އެ ޖަވާބު ލިބިފައިވީ ނަމަވެސް އެ މަސް ދޯނިތަކަށް އެރި އިންޑިއާ ސިފައިންގެ ޓީމުތަކުން މަސްވެރިންނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި ދޯނިތަކަށް އެރީ "ސެޓެލައިޓް ފޯނު އެ ދޯނިތަކުގައި ބޭނުންކުރާތީ ކަމަށް ބުނެ، އެ ހުރިތޯ ކަށަވަރުކުރުމަށް" ކަމަށެވެ. 

ގައްސާން ވިދާޅުވި ގޮތުގައި ދޯނިތަކަށް އަރައި މަސްވެރިންގެ އަތުގައި ހުރި ފޯނުތައް ވެސް އިންޑިއާ ސިފައިން ޗެކްކުރި އެވެ.

"އެއީ، އެ މީހުން ގަބޫލުކުރާ ގޮތުގައި [ސެޓަލައިޓް ފޯނު ބޭނުން ކުރުމަކީ] ގަވައިދާ ހިލާފު ކަމެއް ކަމަށް ބުނެ ބޯޑްކުރީ،" ގައްސާން ވިދާޅުވި އެވެ.

އިންޑިއާގައި ސެޓަލައިޓް ފޯނު ބޭނުން ކުރުމަކީ މަނާކަމެއް ނަމަވެސް ދިވެހި ކަނޑުގެ ސަރަހައްދުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުން އެއީ މަނާ ކަމެއް ނޫން ކަމަށް ގައްސާން ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގައި އެއީ ބޭނުން ކުރެވޭ ފޯނެއް. އަދި މަސްވެރިކަން ކުރުމަށް ވަކި ވަރަކަށް ވުރެ ބޭރަށް ނުކުންނަ ކަމަށްވާ ނަމަ، ގަވައިދުން ގެންގުޅުން ލާޒިމް ކުރާ ކަމެއް،" ގައްސާން ވިދާޅުވި އެވެ.

"ދިވެހި މަސްވެރިން ތިބީ ތިބެން ޖެހޭ ގޮތަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން."

  • އިންޑިއާ ސިފައިން ރާެއްޖޭގެ އިގްތިސާދީ ސަރަހައްދަށްވެދެ، މަސްދޯނިތައް ޗެކް ކުރުން
  • އިންޑިއާ ސިފައިން ރާެއްޖޭގެ އިގްތިސާދީ ސަރަހައްދަށްވެދެ، މަސްދޯނިތައް ޗެކް ކުރުން
  • އިންޑިއާ ސިފައިން މިދިޔަ ބުދަ ދުވަހު ދިވެހި މަސްދޯންޏަކަށް އަރާ ބާލާ ފާސްކުރުމުގެ ތެރެއިން

ގައްސާންގެ މި ޖަވާބާ އެކު ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވަލަކީ އެއީ މިސް ކޮމިއުނިކޭޝަނަކުން ދިމާވި ކަމެއް ކަމަށް ގައްސާން ގަބޫލުކުރައްވަންތޯ އެވެ. އަދި އޭގައި ފޮރުވިފައިވާ އެހެން ސަބަބެއް އޮވެދާނެތޯ ވެސް އެއްސެވި އެވެ.

"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ގަބޫލުކުރަން އެއީ މިސް ކޮމިއުނިކޭޝަނަކުން ކަމަށް. އެއީ، ދިވެހި ރާއްޖޭގެ އެކުވެރި ގައުމަކުން ރަސްމީ ގޮތުން ދެއްވާފައިވާ ޖަވާބަކީ އެއީ ކަމަށް ވާތީ،" އަލީ ނިޔާޒުގެ ސުވާލަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވި އެވެ.

އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ:

  • އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އެ ދުވަސްކޮޅު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އެންމެ މަތީ ޕޮލިސީ ލެވެލްގެ ބޭފުޅުންނާ ބައްދަލުވުމުން ވެސް ދެއްވި ޖަވާބަކީ އެއީ ކަމަށް؛ އެހެންވީމަ އެ ވާހަކަ ގަބޫލުކުރާ ކަމަށް

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވި ގޮތުގައި ދިވެހި މަސް ދޯނިތަކުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުގައި ހަރަކާތެރިވި ކަމަށް އަޑު ފެތުރުނު ކަމަށެވެ. އެއީ ހަގީގަތެއްތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"އޭރު އެ ހާދިސާ ހިނގިއިރު ވެސް އޭގެ ކުރީގެ ވަގުތުތަކުގައި ވެސް [މަސް ދޯނިތަކުން] ހަރަކާތްތެރިވެފައި ވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަަހައްދުގެ އެތެރޭގައި،" އެކަން ދޯނިތަކުގައި ހަރުކޮށްފައި ހުރި ޓްރެކިން ވަސީލަތްކުން ކަށަވަރުވާކަން ފާހަގަކުރައްވައި ގައްސާން ވިދާޅުވި އެވެ.

ގައްސާން ވިދާޅުވި ގޮތުގައި މިފަދަ ކަންކަން ތަކުރާރު ނުވާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ހުރެގެންނެވެ. އަދި އެކަން ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަށް ފާހަގަކުރައްވައި އޭގެ އެއް މިސާލަކީ، މި ފަހުން ތައާރަފްކުރި ޑްރޯންގެ ހިދުމަތް ކަމަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް