މާހޯރަ 3 ދޯންޏަށް އިންޑިއާގެ ސިފައިން އަރައި މަސްވެރިންނަށް ބިރު ދެއްކި މައްސަލައެއް ވަނީ ފެންމަތިވެފައި. (ފޮޓޯ/ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން)

ރާއްޖެ-އިންޑިއާ

އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރި ސަބަބު އަދިވެސް ސާފެއް ނުވޭ

މި މަހު ކުރީކޮޅު ޑިފެންސް މިނިސްޓްރީން ވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި އެކަމުގެ ތަފްސީލު ހޯދަން ރަސްމީކޮށް އެދިފައި
20 ފެބްރުއަރީ 2024

އިންޑިއާގެ ކޯސްޓްގާޑް އުޅަނދުތަކުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވެދެ، ދިވެހި މަސްދޯނިތަކަށް އެރި މައްސަލައިގެ އެއްވެސް ތަފްސީލެއް ލިބިފައިނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޝިޔާމް ވަނީ ހާޒިރުކޮށްފަ އެވެ.

ބުނީ ކީކޭ؟ - މަސްދޯނިފަހަރަށް އިންޑިއާ ސިފައިން އެރި ސަބަބު ސަރުކާރަށް ސާފުވެއްޖެތޯ އާއި އެކަން މަސްވެރިންނަށް ސާފުކޮށްދީފައިވޭތޯ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކަން ހިނގީ ސީދާ ކޮން ސަބަބަކާ ހުރެ ކަން އަދި އެނގިވަޑައިގެންފައިނުވާ ކަމަށެވެ.

"ސީދާ އަޅުގަނޑާ ހިސާބުގައި ތިޔަ ސުވާލުގެ ޖަވާބު ނެތް. ސާފުކޮށްލާފައި، ކީއްވެ ހިނގައި ދިޔަ ކަމެއްތޯ، އެ ސުވާލުގެ ޖަވާބު، ގުޅުންހުރި ވުޒާރާއިން އެ މައުލޫމާތު ހޯދާފައި މެމްބަރާ ހިއްސާކުރާނެ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)

ތަފްސީލު - އިންޑިއާ ސިފައިން ދެ ދުވަހެއްގެ މަތިން ދިވެހި ތިން މަސްދޯންޏަކަށް އެރި މައްސަލައިގެ ތަފްސީލު ހޯދުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގައި އެދިފަ އެވެ.

އެކަން ކުރީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށްވާއިރު، ޑިފެންސް މިނިސްޓްރީން މި މަހު ކުރީ ކޮޅު ބުނެފައިވަނީ، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަމުގެ ތަފްސީލަށް އިންޑިއާ ސަރުކާރުގައި އެދިފައިވާ ކަމަށާއި އެހެން ނަމަވެސް އެހާތަނަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް