ރާއްޖެއާއި އިންޑިޔާއާއި ދެމެދު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް އިންޑިޔާ އޮފިޝަލުން ވަޑައިގަންނަވަނީ. (ދައުރު ފައިލް ފޮޓޯ/މުހައްމަދު އަމާން)

ރާއްޖެ-އިންޑިއާ

ރާއްޖެ-އިންޑިއާ މަޝްވަރާތަކުގެ ތިންވަނަ ބައްދަލުވުން މާލޭގައި ބާއްވައިފި

އިންޑިއާ ސިފައިން ބޭލުމަށްފަހު ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ ޓެކްނިކަލް މީހުންނާ ހަވާލުކުރުމާ ބެހޭގޮތުން ވާހަކަ ދެކެވުނު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެ ގައުމަށް އަބުރާ ގެންދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ބާއްވަމުންދާ ހައި ލެވެލް ކޯ-ގްރޫޕްގެ ތިންވަނަ މަޝްވަރާ ބައްދަލުވުން މިއަދު މާލޭގައި ބާއްވައިފި އެވެ.

އެނގުން މުހިއްމު - ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ރަސްމީ މަޝްވަރާތައް ފަށާފައިވަނީ 14 ޖެނުއަރީގަ އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދަނީ މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް 28 ސަމިޓުގެ ހަވާސާގައި ރައީސް މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި އިއުލާނުކުރެއްވި ކޯ-ގްރޫޕުންނެވެ.    

ވީ ކިހިނެެއް؟ - ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން މިއަދު ބޭއްވުނު މި ކޯ-ގްރޫޕުގެ ތިން ވަނަ ބައްދަލުވުމުގައި:

  • އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ފަހު ޑޯނިއާ މަތިންދާބޯޓާއި ހެކިލޮޕްޓަރުތައް ދުއްވުން އިންޑިއާގެ ޓެކްނިކަލް މީހުންނާ ހަވާލުކުރުމުގައި ދެގައުމަށް ހޯދިފައިވާ ކުރިއެރުމާ ބެހޭގޮތުން ވާހަކަ ދެކެވުނު

  • މިހާތަނަށް އެއް ޕްލެޓްފޯމުގައި ތިބި ހުރިހާ އިންޑިއާ ސިފައިން ބޭލުމަށް ފަހު ޓެކްނިކަލް މީހުން ގެނެވިފައިވޭ؛ ބާކީ ދެ ޕްލެޓްފޯމުން ވެސް މެއި 10ގެ ކުރިން ސިފައިން ބާލާ މަދަނީ މީހުން ގެންނާނެ

ފާހަގަކޮށްލެވޭ - ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވެފައިވާ ގޮތަށް އިންޑިއާގެ ސިފައިން ފޮނުވާލުމަށް ފަހު، ހެލިކޮޕްޓަރު ދުއްވުމާ ހަވާލުވާ އެ ގައުމުގެ ސިވިލިއަނުންގެ ފުރަތަމަ ޓީމް ރާއްޖެ ވއައީ ފެބްރުއަރީގަ އެވެ. މަޝްވަރާތަކުގައި ނިންމާފައިވަނީ ސިވިލިއަނުންގެ ދެވަނަ ޓީމު އޭޕްރިލް މަހު އަދި ތިންވަނަ ޓީމު މެއި މަހު ގެންނަ ގޮތަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވެސް ވަނީ މި ބައްދަލުވުމާ ބެހޭގޮތުން މިއަދު ނޫސްބަޔާނެއް ނެރެފަ އެވެ. އެގައުމުން ފާހަގަކުރި ގޮތުގައި ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމުގެ އިތުރުން ވެސް އެ ބައްދަލުވުމުގައި:

  • ދެގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވަރަށް ގިނަ ކަންކަން މަޝްވަރާކުރެވުނު

  • އޭގެ ތެރޭގައި ޖޮއިންޓް-މޮނިޓަރިން މެކޭނިޒަމްސްގެ އެހީގައި އިންޑިއާ އާއި ރާއްޖެ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތައް އަވަސްކުރުމާއި ދެގައުމުގެ ދެމެދުގައިވާ ވިޔަފާރި ފުޅާކުރުން ހިމެނޭ

ހައި ލެވެލް ކޯ-ގްރޫޕްގެ ހަތަރު ވަނަ ބައްދަލުވުން އިންޑިއާގެ ވެރިރަށް ދިއްލީގައި ބާއްވަން މިއަދުގެ ބައްދަލުވުމުގައި ދެގައުމުން ވަނީ އެެއްބަސްވެފަ އެވެ.

ފާހަގަކޮށްލެވޭ - ރާއްޖެ-އިންޑިއާ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ ފެބްރުއަރީ 2ގަ އެވެ.

ކޮމެންޓް (2)

ދުއްވި

17 މާރިޗު 2024
އިންޑިއާގެ އުޅަނދުތަށް ދުވޭ. އެކަން ކުރަނީ ހަމަ އިންޑިއާ އިން އައި ބައެއް. ދެން ކޮބާ އައި ބަދަލަކީ؟ ތިޔަ ކުރަނީ މަދަނީ ކަމެއް ނޫން. އެހެން ނަމަ ސިފައިން ތިޔަކަން ކުރުމުގެ ބޭނުމަކީ ކޮބާ؟
0 1

ސާއިންސާދު

18 މާރިޗު 2024
@ދުއްވި ބްރޯ ކެތްކުރޭ. މޫލާފައި ހުރީ ފަސޭހައިން ލުހެލެވޭވަރަކަށްނޫން. ދިސް ވިލް ޓޭކްޓައިމް. ބަޓް ވީ ވިލް ގެޓް ދެއާ އިންޝާ ﷲ. އިސްތިއުމާރީ ބައެކޭވެސް ހީވާކަހަލަ. #އަވަށްޓެރިއަސްކަރީންއައުޓް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް