އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގައި އިންޑިއާގެ ސިފައިންނާ އެކު ދިވެހި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ
ހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިންގެ ބަދަލުގައި އަންނަ ފުރަތަމަ ޓީމް ރާއްޖެ އަތުވެއްޖެ
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވެފައިވާ ގޮތަށް އިންޑިއާގެ ސިފައިން ފޮނުވާލުމަށް ފަހު، ހެލިކޮޕްޓަރު ދުއްވުމާ ހަވާލުވާ އެ ގައުމުގެ ސިވިލިއަނުންގެ ފުރަތަމަ ޓީމް މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ދެ ސަރުކާރުން އެއްބަސްވެފައި ވަނީ ރާއްޖެއަށް ހަދިޔާކޮށްފައިވާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޯޓް ދުއްވުމަށް ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން މެއި 10 އެއްގެ ކުރިން ބޭލުމަށެވެ. އަދި އެއްބަސްވީ:
-
އެ އުޅަނދުތައް ދުއްވުމަށް އެ ގައުމުގެ މަދަނީ މީހުން ބޭނުން ކުރަން
-
އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ގޮތުން އިންޑިއާގެ މަދަނީ މީހުންގެ ފުރަތަމަ ޓީމް ރާއްޖެ އައިސްފައިވާކަން ހާމަކުރީ މިރޭ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި
ތަފްސީލް - މިނިސްޓްރީގެ އެ ބަޔާނުގައި ބުނީ މިއަދު ރާއްޖެ އައި އިންޑިއާގެ މަދަނީ މީހުންގެ ޓީމް ހަވާލުވާނީ އައްޑޫ، ގަމުގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ދުއްވުމާ ކަމަށެވެ. އެގޮތުން ބުނީ:
-
މާޗް 10 އަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ދާނެ؛ އެއަށް ފަހު ދެން ހެލިކޮޕްޓަރު ދުއްވާނީ މިރޭ އައި އިންޑިއާގެ މަދަނީ މީހުންގެ ޓީމުން
-
މިހާރު އައްޑޫގައި އޮންނަ ހެލިކޮޕްޓަރު މަރާމާތަށް ގެންގޮސް އެ މުއްދަތުގައި ދުއްވަން އިންޑިއާއިން ދޭ ހެލިކޮޕްޓަރާ އެކު، އަންނަ ބުދަ ދުވަހު އެ ގައުމުގެ މަނަވަރެއް ރާއްޖެ އަންނާނެ
-
އަދި މަދަނީ ކްރޫންނާ އެކު ހެލިކޮޕްޓަރު ދުއްވަން ފަރިތަކުރުމަށް މާދަމާއިން ފެށިގެން އައްޑޫގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރުތައް ތަމްރީން ދަތުރުތައް ކުރާނެ ކަމަށް ބުނި
ފާހަގަކޮށްލެވޭ - ހެލިކޮޕްޓަރު ދުއްވަން އައީ އިންޑިއާގެ ކިހާ އަދަދެއްގެ މަދަނީ މީހުންނެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މީގެ ކުރިން ސަރުކާރުން ބުނެފައި ވަނީ ތިން އުޅަނދުގެ ތެރެއިން އެއް އުޅަނދުގެ އޮޕަރޭޝަނަށް ތިބި އިންޑިއާ ސިފައިން މާޗް 10ގެ ކުރިން ފޮނުވާލާނެ ކަމަށެވެ.
ކޮމެންޓް (2)
ތެފައާސާ.
އައްޒަ