މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި). (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރާއްޖެ-އިންޑިއާ

އިންޑިއާ ދަރަންޏެއް ދެއްކީ ބީއެމްއެލްއިން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން

ސަރުކާރުން ބޭނުންވި 50 މިލިއަން ޑޮލަރުގެ ލޯނު ނެގީ އެމްއޭސީލްއަށް ދިން ލޯނެއްގެ ގޮތުގައި؛ އެގޮތަށް އަމަލުކުރަން ޖެހުނީ ސަރުކާރުގެ ބޮރޯވިން ލިމިޓް ހަމަވެފައި ވާތީ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް މިދިޔަ ސަރުކާރުން ވިއްކާފައިވާ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ޓްރެޝަރީ ބޮންޑަށް ސަރުކާރުން ފައިސާ ދައްކައި ހަލާސްކޮށްފައި ވަނީ ސަރުކާރުން ބީއެމްއެލްއިން ނެގި ލޯނަކުންކަން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި ސަރުކާރުން އެ ލޯނު ނެގީ އެމްއޭސީއެލްއަށް ނެގި ލޯނެއްގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. 

ތަފްސީލު - ސަރުކާރުގެ އޮފިޝަލަކު 'ދައުރު'އަށް މިއަދު ވިދާޅުވި ގޮތުގައި ބީއެމްއެލްއިން އެމްއޭސީއެލްއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ޖެހުނީ މިދިޔަ ސަރުކާރުގައި އެސްބީއައިއަށް ވިއްކާފައިވާ 50 މިލިއަން ޑޮލަރުގެ ބޮންޑަށް ފައިސާ ދައްކާ މުއްދަތު ޖެހުމުން އެ ބޮންޑު އެ ބޭންކުން ރޯލްއޯވާ ނުކޮށް ދިނުމުންނެވެ. 

މީގެ އިތުރަށް:

  • ސީދާ ސަރުކާރަށް ލޯނު ދިނުމުގެ ބަދަލުގައި އެމްއޭސީއެލްއަށް ބީއެމްއެލްއިން ލޯނު ދޭން ޖެހުނީ ބީއެމްއެލްއިން ސަރުކާރަށް ދަރަނި ދެވޭނެ އެންމެ މައްޗަށް ދަރަނި ދީފައިވުން ނުވަތަ ބޮރޯވިން ލިމިޓް ހަމަވެފައި ވާތީ 

އެނގުން މުހިންމު - އެސްބީއައިގެ ބޮންޑަކީ އިންޑިއާ ސަރުކާރު މެދުވެރިވެގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މިދިޔަ އަހަރުގެ ޖެނުއަރީގައި ވިއްކާފައިވާ ބޮންޑެކެވެ. އެ ބޮންޑަށް މި ސަރުކާރުން ފައިސާ ދެއްކީ ޖެނުއަރީ މަހު އެވެ.

ފާހަގަކޮށްލެވޭ - މި މުއަމާލަތާ ގުޅޭ މައުލޫމާތެއް ސަރުކާރުން ވެސް އަދި ރަސްމީ އެއްވެސް އިދާރައަކުން ހާމައެއް ނުކުރެ އެވެ. އަދި އެކަމުގައި ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ސަރުކާރުން އެކަމުގައި ބަހެއް ބުނަން ބޭނުމެއް ނުވި އެވެ. 

ގުޅުންހުރި - ބީއެމްއެލްއިން 50 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރަށް ދޫކުރިފަހުން ބޭރުން މުދާ ގެނައުން ފަދަ ކަންކަމަށް ކުންފުނިތަކުން ބޭރަށް ފައިސާ ދެއްކުމަށް ހަދާ ޓީޓީތަކަށް ޑޮލަރު ދޫކުރުން ބީއެމްއެލްއިން ވަނީ މަޑުޖައްސާލައިފަ އެވެ. އަދި ބީއެމްއެލްއިން މިފަހުން ނިންމާފައި ވަނީ: 

  • ޑޮލަރުން ލިބުން މިހާރު މަދުވެފައި ވާތީ ހާލަތު ރަނގަޅު ނުވާ ނަމަ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ބޭރުގައި މުއާމަލާތް ކުރުމުގެ ކާޑް ލިމިޓްތައް ކުޑަކުރުމަށް

  •  މި މަހުގެ 1އިން ފެށިގެން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންގެ ކާޑު ލިމިޓް އިތުރުކޮށްދޭން ކެބިނެޓުން ނިންމި ނިންމުމަށް އަމަލުނުކުރަން

ކޮމެންޓް (3)

ހިތަދޫ ހުސެން

20 ފެބްރުއަރީ 2024
މި އަދި ފެށުން. ސޯލިހް ހުރިނަމަވެސް ވަކި އިތުރު ގޮތެއް ނުވީސް ބޮޑު ވަރަކަށް އިނޑިޔާ ބޭނުން ބެރެއް ޖަހަން ރޯލް އޯވާ ކުރީސް ބޮންޑު. އެކަމަކު ދަތި އުނދަގުލުންވެސް މި ދަރަނި ތަކުން ރާއްޖެ އަރައިގަންނަން ޖެހޭކަމީ އެންމެންވެސް ގަބޫލް ކުރާނެ ހަގީގަތެއް.
3 0

އެގޮލާ

20 ފެބްރުއަރީ 2024
ހެޔޮވެރިކަމެއްކޮށްދީފަ އެދިޔައީ
2 0

ޙަސަން

19 ފެބްރުއަރީ 2024
ދަރަނި ދަންތުރައިގެ ރަނގަޅު މިސާލެއް
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް