މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ މައި އޮފީސް ކައިރިން މީހަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރާއްޖެ-އިންޑިއާ

އިންޑިއާގެ 771 މިލިއަން ރުފިޔާގެ ބޮންޑަކަށް ފައިސާ ދައްކައިފި

އެއާ އެކު، މާލީ ވުޒާރާއިން ވަނީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 4 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން މިދިޔަ ހަފްތާގައި އިއުލާންކޮށްފައި
13 ޖެނުއަރީ 2024
2

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް މިދިޔަ ސަރުކާރުން ވިއްކާފައިވާ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ޓްރެޝަރީ ބޮންޑަށް ސަރުކާރުން ފައިސާ ދައްކައި ހަލާސްކޮށްފި އެވެ. އެއަށް ފަހު، މި ސަރުކާރުން ފުރަތަމަ ފަހަރަށް ވިއްކާ ޓީބިލް ވިއްކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. 

ވީ ކިހިނެއް؟ - އިންޑިއާ ސަރުކާރު މެދުވެރިވެގެން އެސްބީއައިއަށް މިދިޔަ އަހަރުގެ ޖެނުއަރީގައި ވިއްކާފައިވާ ބޮންޑަށް ފައިސާ ދެއްކުމުގެ މުއްދަތު ހަމަވުމުން އެ ބޭންކުން ވަނީ އެ ބޮންޑް ރޯލްއޯވާ ނުކުރަން ނިންމާފައިވާކަން 'ދައުރު'އަށް އެނގިފައިވެ އެވެ. އެހެންކަމުން، ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާ ތެރޭ އެ ފައިސާ ދައްކައި ހަލާސްކޮށްފަ އެވެ.

އެކަން މާލީ ވަޒީރު މުހައްމަދު ޝަފީގު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވަ އެވެ. 

ތަފްސީލް - އިންޑިއާއަށް ދެއްކި 50 މިލިއަންގެ ބޮންޑު: 

  • ބޮންޑު ވިއްކީ - ޖެނުއަރީ 2023ގައި

  • ބޮންޑުގެ އިންޓަރެސްޓް - %4.5ގައި

  • ބޮންޑު އަނބުރާ ދައްކަން - 11 މަސް

މީގެ އިތުރަށް، މިދިޔަ އާދިއްތަ ދުވަހު މާލީ ވުޒާރާއިން ވަނީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 4 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން އިއުލާންކޮށްފަ އެވެ. އެގޮތުން، ވިއްކަން އިއުލާންކުރި ޓީބިލްގެ ތަފްސީލަކީ: 

  • 28 ދުވަހުން ދައްކާ ގޮތަށް %3.50 އިންޓަރެސްޓުގައި - 2.3 ބިލިއަން ރުފިޔާ

  • 3 މަސް ދުވަހުން ދައްކާ ގޮތަށް %3.87ގައި - 263.4 މިލިއަން ރުފިޔާ

  • 6 މަހުން ދައްކާ ގޮތަށް %4.23ގައި - 69 މިލިއަން ރުފިޔާ

  • 1 އަހަރުން ދައްކާ ގޮތަށް %4.60ގައި - 1.7 ބިލިއަން ރުފިޔާ 

އެ ޓީބިލްތައް ވިއްކާނީ މާދަމާ އެވެ.

ގުޅުން ހުރި ކަމެއް - ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ދަރަންޏަށް 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ދޭނޭ ބަޔަކު ހޯދުމަށް ވެސް މާލީ ވުޒާރާއިން ވަނީ މިދިޔަ ހަފްތާގައި އިއުލާންކޮށްފަ އެވެ. މިދިޔަ އަންގާރަ ދުވަހު މާލީ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ ދަރަނި ސަރުކާރަށް ދޭނޭ މާލީ އެޖެންސީއެއް ހޯދަން އިއުލާން ކުރީ މި އަހަރު ބަޖެޓަށް ފައިސާ ހޯދަން ރާވާފައިވާ ސިޔާސަތުގެ ދަށުން ކަމަށެވެ.

ކޮމެންޓް (2)

ދީމުގުރާތް

13 ޖެނުއަރީ 2024
ޝަފިއްޓޭ ނިކަން ތައްޔާރަށް ހުންނާތި. އިންޑިއާއިން ދިވެހިންނަށް ޖެއްސުން ކުރުމުގެ އާ ބާބެއް ފެށިފައި މިއޮތީ. މިހާރު އޮތީ ގޮނޑިކޮށްކޮ ސަރުކާރެއްނޫންވީމާ އެވެރިން ވަރަށް މޭކަރާނެ. ޚާއްސަކޮށް ޗައިނާއާއި ގާތް ގުޅުމެއް އުފެދުނީމާ. ދިވެހިން ބޭނުމީ ތަރައްގީ. އިންޑިއާގެ ޕަޕެޓް ގައުމެއްގޮތަށް އޮންނާކަށް ނޫން.
3 1

މެރުވާނާ އަލީ

13 ޖެނުއަރީ 2024
އިންޑިއާ ނޫނީ މާލީ މަޅީގައި ދިވެހިރާެއްޖެ ޖައްސާފައި ބަހައްޓާފައި އެމީހުންގެ ޕާޓީ އެމްޑީޕީގެ ވެރިކަން ނިމޭ އިރަށް މާލީ މަޅިއަށް ފިއްތައި ބާރުކުރާ އެއްވެސް ގައުމެއް ނެތެވެ. އެކަމަކު އެމްޑީޕީން އަދި އިންޑިއާ އިން ވެސް ބުނާނެ އެންމެ ގާތް އެންމެ އެހީވާ ގައުމޭ އިންޑިއާ އަކީ. މީގައި މި ބުނާ ފައިސާގެ އަދަދަކީ 50 މިލިއަން ޑޮލަރެވެ. އިބޫ ސަރުކާރު ނުނިމެނީސް އޮތީ މީތި 6 މަސް ދުވަސް އިތުރުކޮށްދީފައެވެ. އެކަމަކު މިހާރު މަޖްބޫރުކޮށްގެން އެ ދަމައިގަތީ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް